Advertisement

ސެމެންޔޯ ސިޓީ އަށް، ބޭނުންކުރަނީ ޔާޔާ ޓޫރޭގެ ނަމްބަރު

about 17 hours 0


ސެމެންޔޯ ސިޓީ އަށް، ބޭނުންކުރަނީ ޔާޔާ ޓޫރޭގެ ނަމްބަރު

about 17 hours 0

މެންޗެސްޓާ (ޖެނުއަރީ 10) - ބޯންމައުތަށް ކުޅެމުން އައި ގާނާގެ ފޯވާޑް، އެންޓޮއިން ސެމެންޔޯ، އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ބާރު މެންޗެސްޓާ ސިޓީ އަށް ސޮއިކޮށްފި އެވެ.

ގާނާ ގައުމީ ޓީމަށް ކުޅެމުން އަންނަ ސެމެންޔޯ، 26 ގަންނަން ސިޓީން 68 މިލިއަން ޑޮލަރުގެ ފީއެއް ދައްކާނެ އެވެ. އެއީ، 24 މަހަށް ބަހާލައިގެން އިންސްޓޯލްމަންޓްތަކެއް ގޮތަށެވެ. ސިޓީން މި ޑީލް ނިންމުމުގައި އެންމެ އިސް ރޯލެއް އަދާކުރީ ވެސް ސެމެންޔޯ އެވެ. އޭނާ ބޭނުންވީ، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ކުޅުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސިޓީއާ އެކު، 2031 އާ ހަމައަށް ކޮންޓްރެކްޓްގައި ސޮއިކުރި ސެމެންޔޯ، އެ ކްލަބްގައި ބޭނުންކުރަން ނެގީ 42 ނަމްބަރު ޖޯޒީ އެވެ. މިއީ، ސިޓީގެ ލެޖެންޑަރީ ތަރި ޔާޔާ ޓޫރޭ ބޭނުންކުރި ނަމްބަރެވެ. ޔާޔާ ޓޫރޭ ވަނީ އަށް އަހަރު ސިޓީ އަށް ކުޅުނުއިރު، ތިން ފަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ.

ލިވަޕޫލާއި ޗެލްސީން ވެސް ކުރިން ފާރަލި ސެމެންޔޯ ސިޓީ އަށް ސޮއިކުރުމަށް ފަހު ބުނީ، ކެރިއަރުގައި އޭނާ ދައްކަން ބޭނުންވާ އެންމެ ރަނގަޅުކުޅުން އަދި ނުދެއްކޭ ކަމަށެވެ. އަދި، އުންމީދަކީ، ސިޓީގައި އޭނާގެ އެންމެ މޮޅު ކުޅުން ދައްކައި ގިނަ ކާމިޔާބީތަކެއް ހޯދުން ކަމަށް ސެމެންޔޯ ވަނީ ބުނެފަ އެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގައި އުފަންވި ސެމެންޔޯ ވަނީ ބޯންމައުތަށް ކުޅުނު ފަހު މެޗުގައި އެ ޓީމަށް ލަނޑު ޖަހައިދީފަ އެެވެ. އެ ގޮތުން، ޓޮޓެންހަމް ހޮޓްސްޕާސްއާ އެކު، އެއްވަރުވެފައި އޮއްވައި، އިތުރު ވަގުުުތުގައި ސެމެންޔޯ ޖެހި ގޯލުން 3-2 އިން ބޯންމައުތު މޮޅުވީ އެވެ.