Advertisement

އެފްކޮން: މޮރޮކޯ އާއި ސެނެގާލް ސެމީ އަށް

about 17 hours 0


އެފްކޮން: މޮރޮކޯ އާއި ސެނެގާލް ސެމީ އަށް

about 17 hours 0

ރަބަތު، މޮރޮކޯ (ޖެނުއަރީ 10) - މިހާރު ކުރިއަށްދާ އެފްރިކާ ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކުއާޓާ ފައިނަލް ފުރަތަމަ ދެ މެޗުން މޮޅުވެ، ސެނެގާލް އާއި މޮރޮކޯ އިން މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ދެ ޖާގަ ހޯދައިފި އެވެ.

މޮރޮކޯ އިން ރޭ ކުޅުނު ކުއާޓާ ފައިނަލުގައި ކެމަރޫން އަތުން މޮޅުވީ 2-0 އިންނެވެ.

އެފްރިކަން ކަޕް 1976 ވަނަ އަހަރު ކާމިޔާބުކުރި މޮރޮކޯ އިން ސެމީ ފައިނަލުން ޖާގަ މި ހޯދީ، 2004 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށެވެ. އަދި، އެ ޓީމުން ސެމީ އަށް ދިޔައިރު، ބަލިނުވެ މި ވަނީ 25 މެޗު ނިންމާލައިފަ އެވެ.

ރޭގެ މެޗުގައި، މޮރޮކޯ އަށް 26 ވަަނަ މިނިޓްގައި ލީޑުނަގައިދިނީ ބްރަހިމް ޑިއާޒް އެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ފަސް ވަނަ ގޯލެވެ. މިއީ، އެއް މުބާރާތެއްގައި، މޮރޮކޯ ކުޅުންތެރިއަކު އެންމެ ގިނައިން ލަނޑު ޖެހި އަދަދެވެ. އެހެންކަމުން އެ ރެކޯޑް މި ލިބުނީ ޑިއާޒް އަށެވެ. ޑިއާޒް މި ލަނޑު ޖެހީ، އަޔޫބް އެލް ކާބީ ދިން ބޯޅައަކުންނެވެ.

މޮރޮކޯ އަށް ސެމީ ޔަގީންކޮށްދިން ގޯލު ޖެހީ، ހިލޭ ޖެހުމަކުން ތަނަވަސްކުރި ފުރުސަތެއްގައި އިސްމާއިލް ސައިބާރީ އެވެ.

ސެނެގާލުން ވަނީ ރޭ ކުޅުނު ކުއާޓާ ފައިނަލުގައި، މާލީ އަތުން މޮޅުވީ 1-0 އިންނެވެ. މި މެޗުގައި، ސެނެގާލުގެ ހަމައެކަނި ލަނޑު ޖެހީ ފުރަތަމަ ހާފުގަަ އެވެ. މެޗުގެ 27 ވަނަ މިނިޓްގައި ސެނެގާލުން ކުރި އެޓޭކެއްގައި ލިބުނު ފުރުސަތަކުން މި ލަނޑު ޖެހީ، އިނގިރޭސި ޕްރިމިއާ ލީގުގެ އެވަޓަން އަށް ކުޅޭ އިލިމަން އެންޑިއާޔޭ އެވެ.

ސެމީ ފައިނަލުގައި ސެނެގާލުން ކުޅޭނީ މިސްރާއި އައިވަރީ ކޯސްޓު ކުޅޭ ކުއާޓާ އިން މޮޅުވާ ޓީމަކާ އެވެ. އަދި، މޮރޮކޯ ބައްދަލުކުރާނީ، އަލްޖީރިއާ އާއި ނައިޖީރިއާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.