Advertisement

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލަކަށް ރިޒާން އައްޔަނުކޮށްފި

6 ޖަނަވަރީ 2026 - 12:45 0


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލަކަށް ރިޒާން އައްޔަނުކޮށްފި

6 ޖަނަވަރީ 2026 - 12:45 0

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ސެކްރެޓަރީ ޖެނެރަލަކަށް އިބްރާހިމް ރިޒާން އައްޔަނުކޮށްފި އެވެ.

ރިޒާން، އަންނަނީ 2015 ވަނަ އަހަރުން ފެށިގެން ކްރިކެޓް ބޯޑަށް އެކި ގޮތްގޮތުން ހިދުމަތްކޮށްދެމުންނެވެ. ކްރިކެޓް ބޯޑުގެ މިހާރު އޮތް ލީޑަޝިޕުން ރިޒާނަށް އެ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލްގެ ޒިންމާ ހަވާލުކޮށް، އެސޯސިއޭޝަން ހިންގުމުގެ ރޯލު ދޭން ނިންމީ އޭނާ މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް ބަލައިފަ އެވެ.

ކްރިކެޓް ބޯޑުން ބުނީ، ސެކްރެޓަރީ ޖެނެރަލްގެ ޒިންމާއާ ހަވާލުވެފައި ރިޒާން އަށް ކްލަބް ކްރިކެޓްގެ އެއްވެސް މުބާރާތެއްގައި ދެން ނުކުޅެވޭނެ ކަމަށެވެ. އެކަމަކު، ޑިވެލޮޕްމަންޓް ޓީމުތަކަށާއި ސޯޝަލް ކްރިކެޓް މުބާރާތްތަކުގައި ރިޒާނަށް ކުޅެވޭނެ ކަމަށެވެ. އަދި، ގައުމީ ޓީމުގައި ރިޒާން ވަގުތުން ވަކިނުވާނެ ކަމަށް ވެސް އެސޯސިއޭޝަނުން ނިންމާފައިވެ އެވެ.


ރާއްޖޭގެ ކްރިކެޓްގައި އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކެއް ވެސް ކޮށްފައިވާ ރިޒާން ކުޅުމުގެ ކެރިއަރާ އެކު، އަމްޕަޔަރުކަމުގެ ކެރިއަރު ވެސް ކުރިއަށްގެންގޮސްފައިވެ އެވެ. ރިޒާން އަކީ، 2010 ވަނަ އަހަރުން ފެށިގެން އެކްޓިވް އަމްޕަޔަރެކެވެ.

ރިޒާން ވަނީ މިދިޔަ އަހަރު މެލޭޝިއާގައި ކުރިއަށްދިޔަ، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގެ އަމްޕަޔަރު ޓިއުޓާ ކޯސް، ލެވަލް ވަން ފުރިހަމަކޮށްފަ އެވެ. އޭނާ އަކީ ކުޅުމުގެ ކެރިއަރު ކުރިއަށް ގެންދިއުމުގައި ސާބިތުވެ ހުރެ، މި ކޯސް ފުރިހަމަ ކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ.

ކްރިކެޓް ބޯޑުގައި ރިޒާން ވަނީ އިވެންޓް ކޯޑިނޭޓަރެއްގެ މަގާމާއި އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓެއްގެ މަގާމު ވެސް އަދާކޮށްފަ އެވެ.