Advertisement

އެފްކޮން: މިސްރާއި ނައިޖީރިއާ ކުއާޓާ އަށް ދަތުރުކޮށްފި

6 ޖަނަވަރީ 2026 - 08:12 0


އެފްކޮން: މިސްރާއި ނައިޖީރިއާ ކުއާޓާ އަށް ދަތުރުކޮށްފި

6 ޖަނަވަރީ 2026 - 08:12 0

ފޭޒް، މޮރޮކޯ (ޖެނުއަރީ 6) - އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ގަދަ 16 ބުރުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، މިސްރާއި ނައިޖީރިއާ އިން މުބާރާުތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

މިސްރުން ވަނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން ބެނިން އަތުން 3-1 އިން މޮޅުވެފަ އެވެ. އަދި، ނައިޖީރިއާ އިން ވަނީ 4-0 އިން މޮޒަމްބީކު ބަލިކޮށްފަ އެވެ.

ރޭގެ މެޗުގައި މިސްރުގެ މަރްވާން އަޓިއާ، މެޗުގެ 69 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިންއިރު، 83 ވަނަ މިނިޓްގައި ބެނިންގެ އޮލުވަފޭމީ ޑޯސޫ ވަނީ ލަނޑު ޖަހައި، އިތުރު ވަގުތުގެ ދެ ހާފަށް މެޗު ގެންގޮސްފަ އެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފު ފަށައިގެން ހަތް ވަނަ މިނިޓްގައި މިސްރުން ލީޑުނެގީ، ޔާސިރު އިބްރާހިމް ޖެހި ލަނޑުންނެވެ. އަދި، އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ވެސް އިތުރު ވަގުތުގައި، މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހު ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ.

މިސްރުން ކުއާޓާގައި ކުޅެން ޖެހޭނީ، ގަދަ 16 ގައި، އައިވަރީ ކޯސްޓާއި ބުރްކީނާ ފާސޯ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

ނައިޖީރިއާ އިން ކުއާޓާގެ ޖާގަ ހޯދި މެޗުގައި މޮޒަމްބީކު ކޮޅަށް ލަނޑުތައް ޖެހީ، ވިކްޓަ އޮސީމެން ދެ ގޯލާއި އަޑެމޯލާ ލުކްމަން އަދި އަކޯރް ޖެރޯމް އެޑަމްސް، ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ. ނައިޖީރިއާ އިން ކުއާޓާގައި ކުޅޭނީ އަލްޖީރިއާ އާއި ކޮންގޯ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި ސެނެގާލާއި މާލީން ކުރިމަތިލާއިރު، ދެ ވަަނަ މެޗުގައި މުބާރާތް ބާއްވާ މޮރޮކޯ އިން ނުކުންނާނީ ކެމަރޫންއާ ދެކޮޅަށެވެ.