about 11 hours 0
ލީވާން އަލީ ނާސިރު
އެންޒީން ބިސްބުރު ކައިރީގައި ހުޅުވި އައު ފިހާރަ: އެ ފިހާރައިން އެންޒީގެ ހުރިހާ އުފެއްދުމެއް ލިބޭނެ ކަމަށް ބުނޭ
about 11 hours 0
ތާޒާ ރޯމަހާއި ބޭކަރީ ސާމާނުގެ އިތުރުން މަހުގެ އެކި އުފެއްދުންތައް ފުޅާ ދާއިރާއެއްގައި ވިއްކަމުންދާ އެންޒީން މާފަންނު ބިސްބިރު ކައިރީގައި އައު ފިހާރައެއް ހުޅުވައިފި އެވެ.
އެންޒީން ބުނީ އެންޒީން ހުޅުވި އައު ފިހާރައިން އެތަނުން ވިއްކާ ހުރިހާ އުފެއްދުންތައް ލިބޭނެ ކަމަށެވެ.
މިގޮތުން ތާޒާ ރޯމަހާއި ފަރުމަސް، ބޭކަރީގެ އުފެއްދުންތަކުގެ އިތުރުން އެ ފިހާރައިން މަޝްހޫރު އެންޒީ ރިހާކުރާއި ޗިލީ ސޯސް އަދި ވަޅޯމަސްފަދަ ތަކެތި ލިބެން ހުންނާނެ ކަމަށް އެންޒީން ބުންޏެވެ.
"މި ފިހާރަ ވެގެންދާނީ މާލޭ މާފަންނު ހިސާބުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު އެންޒީގެ އުފެއްދުންތައް ގަނެލަން ލިބޭ ރަނުގެ ފުރުސަތަކަށް،" އެންޒީން ބުންޏެވެ.
ހޯލްސޭލް އަދި ރީޓެއިލްކޮށް މުދާ ވިއްކަމުންދާ އެންޒީން ގޭގެއަށް ޑެލިވަރީގެ ހިދުމަތް ވަރަށް އަވަށް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މާފަންނުގައި އެންޒީން ހުޅުވި ފިހާރައިގެ އިތުރުން މާލޭގައި އަދި ހުޅުމާލޭގައި އިތުރު ފިހާރައެއް ހުރެ އެވެ. މާލޭގެ ދެން ފިހާރައެއް ހުންނަނީ ދޮން އަދަރާދަ ހިނގުމުގައި ހުންނަ ސްޓެލްކޯ ކައިރީގަ އެވެ. ހުޅުމާލޭ ފިހާރަ ހުންނަނީ އިރުދޭމާ ހިނގުމުގައި ހުންނަ ގާޒީ ސްކޫލް ކައިރީގަ އެވެ.
އެންޒީގެ ފިހާރަތައް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދުނު 06:30 އިން ރޭގަނޑު 22:30 އަށެވެ. ހުކުރު ދުވަހު އެ ފިހާރަ ހުޅުވަނީ ހެނދުނު 06:30 އިން 10:30 އަށް އަދި މެންދުރު 14:00 އިން ހަވީރު 17:00 އަށެވެ.
އެންޒީ ފިހާރައިގެ މާލޭގެ ނަންބަރުތަކަކީ 7248899 އަދި 7288899 އެވެ. ހުޅުމާލެ ފިހާރައިގެ ނަންބަރަކީ 7248899 އަށެވެ.
Comment