Advertisement

އިންޑިއަން ސުޕަ ލީގުގެ ކުރު ސީޒަނުގައި ކުޅެން ގޮތެއް ނިންމަން ފެޑެރޭޝަނުން ކްލަބްތަކަށް ދިނީ އެއް ދުވަސް

about 2 hours 0


އިންޑިއަން ސުޕަ ލީގުގެ ކުރު ސީޒަނުގައި ކުޅެން ގޮތެއް ނިންމަން ފެޑެރޭޝަނުން ކްލަބްތަކަށް ދިނީ އެއް ދުވަސް

about 2 hours 0

ބެންގަލޫރު (ޑިސެމްބަރު 31) - ހުއްޓިފައި އޮތް އިންޑިއާގެ މައި ފުޓްބޯޅަ ލީގުގެ މި ސީޒަން ކުރުކޮށްލައިގެން ބާއްވަން ނިންމައި، އެ ލީގުގައި ކުޅުމާ މެދު ގޮތެއް ނިންމަން، ކްލަބްތަކަށް އެއް ދުވަހުގެ މުހުލަތު އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަން (އޭއައިއެފްއެފް) އިން ދީފި އެވެ.

އޭއައިއެފްއެފް އިން މިއަދު ކްލަބްތަކަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، އިންޑިއަން ސުޕަ ލީގުގެ 25/26 ސީޒަން ކުރުކޮށްލައިގެން ބާއްވަން ނިންމާފައިވާއިރު، އެ މުބާރާތުގައި ކުޅޭނެ ކަންކަން ނިންމައި، ރަޖިސްޓްރޭޝަން މާދަމާގެ ނިޔަލަށް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.

މިކަމާ ދެކޮޅަށް އަޑުފުލާފައިވަނީ ބެންގަލޫރު އެފްސީންނެވެ. އެ ގޮތުން ބެންގަލޫރު އެފްސީގެ ފުޓްބޯޅަ ޑިރެކްޓަރު، ޑަރެން ކަލްޑޭރާ ބުނީ، އަވަސް އަރުވާލައިގެން އެންމެ ރެޔަކުން ކްލަބްތައް ލައްވައި މި ވަރުގެ ނިންމުމެއް ނިންމަން ޖެހޭ ސަބަބެއް ނުފެންނަ ކަމަށެެވެ. އަދި، ކްލަބްތަކަށް ކުރިއަަށް އޮތް ސީޒަނުގައި އާމްދަނީ ހޯދޭނެ މަގެއް ނެތި، އޭއެފްސީ މުބާރާތެއްގައި ކުޅެވޭނެކަން ނޭނގި ކުއްލިއަކަށް ސީޒަނަކާ ގުޅޭ ނިންމުމެއް ނިންމޭނެ ހާލަތެއް ނެތް ކަމަށް ކަލްޑޭރާ ވަނީ ބުނެފަ އެވެ.

އޭއައިއެފްއެފް އިން ވަނީ މި މަހުގެ 28 ވަނަ ދުވަހު އިންޑިއަން ސުޕަ ލީގުގެ ކްލަބްތަކާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ވެސް ކްލަބްތަކުން ކުރި ގިނަ ސުވާލުތަކަކަށް އޭއައިއެފްއެފް އަށް އެކަށީގެންވާ ޖަވާބެއް ނުދެވުނެވެ. އެ ގޮތުން، އެންމެ ބޮޑު ސުވާލަކީ، އޭޝިއާގެ ކްލަބް ލެވަލް މުބާާރާްތްތަކުގައި އިންޑިއާ އަށް އޮތް ޖާގަތަކަށްވާނެ ގޮތަކާ މެދު އެވެ. އެ އަށް ފެޑެރޭޝަނުގެ ޖަވާބަކީ، ލީގު ފެށިގެން ނޫނީ އެ ވާހަކަ ދެއްކެން ނެތް ކަމަށެވެ.

އޭއެފްސީން ފަހުން ހެދި ގަވާއިދުގައި، އޭޝިއާގެ ކްލަބް ލެވަލްގެ މުބާރާތެއްގައި ކުޅުމަށްޓަކައި، މަދުވެގެން ސީޒަނެއްގައި 24 މެޗު ކުޅެން ޖެހެ އެވެ، ކްލަބްތަކުގެ ކަންބޮޑުވުމަކީ، އެ އަދަދަށް ކުރު ސީޒަނެއްގައި މެޗު ނުކުޅެވި، ކްލަބަށް އާމްދަނީ ވަންނާނެ ދެމެހެއްޓެނިިވި ހައްލެއް ނެތި ސީޒަނެއް ފަށައިގެން، ކްލަބަށް މާލީ އިތުރު ތަކުލީފަކާ ކުރިމަތިލާން ޖެހުމެވެ.

ރިޕޯޓްތައް ބުނާގޮތުން ބައެއް ޓީމުތައް ވަނީ، މި އަހަރު ނިމުމުން، ވަކި ގޮތެއް ކަނޑައަޅައި، ސީޒަން ފެށޭނެ ގޮތުގެ ފުރިހަމަ ޔަގީންކަން ލިބެންދެން ޕްރެކްޓިސްތައް މެދުކަނޑާލަން ނިންމައިފަ އެވެ.

އޭއައިއެފްއެފް އިން އެއް ދުވަހުގެ ތެރޭގައި، ކުރިއަށް އޮތް ސީޒަނުގަައި ކުޅޭނެ ޓީމުތައް ފައިނަލް ކުރަން ބޭނުންވަނީ، ފުޓްބޯޅަ ސީޒަނާ ބެހޭގޮތުން، މި މަހު ދެ ވަނަ ދުވަހު، ސްޕޯޓްސް މިނިސްޓްރީ އާއި އޭއައިއެފްއެފް ބައްދަލުކުރަން ނިންމާފައިވާތީވެ، ކުރިއަށް އޮތް ސީޒަނުގެ ރިޕޯޓް ތައްޔާރުކުރުމުގެ ގޮތުންނެވެ.