Advertisement

ރުގުޔާގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރި ދެ މީހަކު ދިގު މުއްދަތަކަށް ޖަލަށް

ކުރިމިނަލް ކޯޓުގެ އާ އިމާރާތް: މިއަދު ހުމްކުރި މައްސަލަ އަކީ 2020 ވަނަ އަހަރު ހިނގި ހާދިސާއެއް - ފޮޓޯ: އަދަދު


ރުގުޔާގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރި ދެ މީހަކު ދިގު މުއްދަތަކަށް ޖަލަށް

ރުގްޔާ ކުރަން ކަމަށް ބުނެ އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ދެ މީހަކު ދިގު މުއްދަތަކަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

މިއަދު ހުކުމް ކުރީ 2020 ވަނަ އަހަރު އެކި ދުވަސްމަތިން އަންހެނަކާއި ކުޑަ ތިން ކުއްޖަކަށް ރުގްޔާ ކުރުމުގެ ނަމުގައި ޖިސްމާނީ ހާނިކަ އަދި ޖިންސީ ގޯނާ ކުރި ކަމަށް ބުނެ އުފުލި ދައުވާތަކެކެވެ.

މި ދައުވާތައް ރައްދުވަނީ ރ. ކަނދޮޅުދޫ، މިރިހިމާގެ، އިސްމާއިލް ވަހީދު، އަދި ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުހައްމަދު އަސީލް ގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ ކުރީ މީގެ ފަސް އަހަރުކުރިން ޑިސެމްބަރު 30، 2020 ގަ އެވެ.

މީގެ ތެރެއިން އިސްމާއިލް ވަހީދަކީ އަނިޔާ ލިބުނު އަންހެންމީހާގެ ފިރިމީހާ އެވެ. އަސީލަކީ، ރުގުޔާ ކުރުމަށް އެގެއަށް ގެނައި މީހެކެވެ.

އެ ދެ މީހުންގެ މައްޗަށް ކުރި ޖުމްލަ 12 ދައުވާ ވެސް ސާބިތުވާ ކަމަށް ކޯޓުން މިއަދު ވަނީ ކަނޑައަޅާފަ އެވެ. އަދި، އެ ދައުވާތަކާއި ގުޅިގެން އަސީލް 25 އަހަރާއި 10 މަހާއި ދުވަހަށް އަދި ވާހިދު ހަ އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމަށް މިއަދު ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ރުގުޔާގެ ނަމުގައި އަނިޔާކުރި އަސީލުގެ މައްޗަށް ކުރި ދައުވާތައް

  • ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ
    • ގައިގާ އަތްލުމުގެ ކުށުގެ ދައުވާ
    • އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ
    • ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ
    • ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ
    • ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދައުވާ
    • ކުޑަކުއްޖެއްގެ ހާޒިރުގައި ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެ ކަމަށް ގަބޫލުކޮށްގެން ޖިންސީ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ

    އަނިޔާ ލިބުނު މީހާގެ ފިރިމީހާ ވަހީދަށް ކުރި ދައުވާތައް

  • ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ
    • މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގާކަން އެނގިހުރެ އެކުށް ރިޕޯޓްނުކުރުމުގެ ކުށުގެ ދައުވާ
    • ގައިގާ އަތްލުމުގެ ކުށުގެ ދައުވާ
    • ގައިގާ އަތްލުމުގެ ކުށުގެ ދައުވާ
    • ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށުގެ ދައުވާ