މަޝްހޫރު ފިލްމް ޑައިރެކްޓަރު އަބްދުލް ފައްތާހު ނިޔާވެއްޖެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ފައްތާހު ނިޔާވީ ކުއްލި ގޮތަކަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.
ފައްތާހު އެންމެފަހުން ޑައިރެކްޓްކުރީ ދިވެހި ފިލްމް "ހައްދު" އެވެ. އެ ފިލްމު ޑައިރެކްޓް ކުރުމަށްފަހު ފިލްމީ ދާއިރާއިން ރިޓަޔާ ކުރުމަށްފަހު ހއ. ކެލާއަށް ބަދަލުވީ 2018 ގަ އެވެ.
ކެލާގައި ފައްތާހު ދިޔައީ ރެސްޓޯރަންޓް ވިޔަފާރި ކުރަމުންނެވެ. އެންމެ ފަހުން އޭނާ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ކެލާގެ ރައީސްކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެކަން އޮތީ އިއުލާންކޮށްފަ އެވެ.
Comment