ކަރު ހިއްކުން ފިލުވާލުމުގެ އިތުރުން، ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތަކުން ދިރުން ގެނެސްދޭ ދުނިޔޭގެ މަގުބޫލު ބްރޭންޑް "މެކް-ސީ" (Mak-C) ގެ ރަހަ ދިވެހިންގެ ހިތަށް ވެސް ފޯރައިފި އެވެ.
ވިޓަމިންތަކާއި މިނަރަލްސްއިން މުއްސަނދިކޮށްފައިވާ މި އިންސްޓަންޓް ޕައުޑަ ޑްރިންކަކީ މިހާރު ދުނިޔޭގެ 40 އަށްވުރެ ގިނަ ގައުމުގައި އެންމެ އިތުބާރުކުރާ އެއް އުފެއްދުމެވެ. މި އުފެއްދުން ރާއްޖެއަށް އެތެރެކޮށް ވިއްކަނީ އެމްޔޫ ސްޓޯރުންނެވެ.
ވިހި އަހަރު ވެފައިވާ މި ބްރޭންޑްގެ އެންމެ ހާއްސަ ސިފައަކީ، އެކި ގައުމުތަކުގެ މީހުންގެ ރަހަތަކާއި ގަޔާވާ މޭވާތަކަށް ބަލައިގެން، ކޮންމެ ސަރަހައްދަކަށްވެސް އެންމެ އެކަށޭނަ މީރު ރަހަތައް ފޯރުކޮށްދިނުމެވެ.
މެކް-ސީގެ މަގުބޫލުކަން އިތުރުވަމުންދާއިރު، މިއީ ދިވެހިންގެ ސުފުރާތަކަށް، ހާއްސަކޮށް ހަފްލާތަކާއި އީދު ފަދަ މުނާސަބާތަކަށް ލިބިގެންދާނެ މީރު އަދި ފަސޭހަ ހައްލެކެވެ.
ރާއްޖެއަކީ އާންމުކޮށް ހޫނުގަދަ ގައުމަކަށް ވުމާއެކު މިއީ ހަމަ އެންމެ އެކަށޭނަ ބުއިމެވެ. ގުދުރަތީ މޭވާގެ ރަހައާއެކު ސިއްހީ ގޮތުން ފައިދާހުރި މާއްދާތައް އެކުލެވިގެންވުމަކީ، މެކް-ސީ އެހެން ބުއިންތަކާ ތަފާތުވާ މައިގަނޑު ސަބަބެވެ.
މެކް-ސީގެ ތާޒާ މީރު ރަހައަކީ އިއްތިފާގެއް ނޫނެވެ. އެއީ އޮސްޓްރޭލިއާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ފްލޭވަޓެކް އިން 1987 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ސައިންޓިފިކް މަސައްކަތުގެ ނަތީޖާއެވެ.
ފްލޭވަޓެކްގެ އެންމެ ހާއްސަ އުފެއްދުމަކީ ދުނިޔޭގެ ކާބޯތަކެތީގެ ސިނާއަތް ބަދަލުކޮށްލި "ސްޕިނިން ކޯން ކޮލަމް" އެވެ. މި ޓެކްނޮލޮޖީއަކީ މޭވާގެ އަސްލު ވަހާއި ރަހައަށް އެއްވެސް ބަދަލެއް ނައިސް ރައްކާތެރިކަމާއެކު ދަމައިގަތުމަށް ބޭނުންކުރާ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ނިޒާމެވެ.
Comment