Advertisement

މީޑިއާ ގްރާންޓަށް 41 މީޑިއާއެއް ޝަރުތު ހަމަވާކަމަށް ކޮންޓްރޯލް ކޮމިޝަނުން ކަނޑައަޅައިފި

ކޮންޓްރޯލް ކޮމިޝަން: މީޑިއާ ގްރާންޓަށް ޝަރުތު ހަމަވާ 41 މީޑިއާއެއް އެ ކޮމިޝަނުން ވަނީ ކަނޑައަޅާފައި -- ފޮޓޯ؛ ކޮންޓްރޯލް ކޮމިޝަން


މީޑިއާ ގްރާންޓަށް 41 މީޑިއާއެއް ޝަރުތު ހަމަވާކަމަށް ކޮންޓްރޯލް ކޮމިޝަނުން ކަނޑައަޅައިފި

ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަމަށް (މީޑިއާ ގްރާންޓް) އަށް އެދި ހުށަހަޅަން ދިން ދެ ދުވަހުގެ މުއްދަތުގެ ތެރޭގައި ގްރާންޓަށް އެދުނު މީޑިއާތަކުގެ ތެރެއިން 41 މީޑިއާއެއް ޝަރުތު ހަމަވާ ކަމަށް މޯލްޑިވް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިން ކަނޑައަޅައިފި އެވެ.

މީޑިއާ ގްރާންޓަށް އެދި ހުށަހަޅަން ކޮންޓްރޯލް ކޮމިޝަނުން ހުޅުވާލީ ޑިސެމްބަރު 25، ވީ ބުރާސްފަތި ދުވަހު އެވެ. އެކަމަށް އެދި ހުށަހަޅަން ފުރުސަތު ހުޅުވާލީ ޑިސެމްބަރު 28، ވާ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.

މީޑިއާ ގްރާންޓަށް ޝަރުތު ހަމަވި މީޑިއާތަކުގެ ތެރެއިން 100 ޕޮއިންޓްގެ ތެރެއިން 99 ޕޮއިންޓް ހޯދައިގެން ސަންގަށެވެ. ދެވަނައަށް އެންމެ ގިނަ ޕޮއިންޓް ލިބުނީ 98 ޕޮއިންޓާއެކު ވަގުތަށެވެ. ތިންވަނައަށް އެންމެ ގިނަ ޕޮއިންޓް ލިބުނީ 97 ޕޮއިންޓާއެކު ސަންއަށެވެ.

މީޑިއާ ގްރާންޓަށް ޝަރުތު ހަމަވި މީޑިއާތަކުގެ ތެރެއިން އޮންލައިނާއި ޓީވީ އެއްކޮށްލުމުން އެންމެ ގިނަ ފައިސާ ލިބޭނީ ސަންގަށް ކަމަށް ބެލެވެ އެވެ. ދެވަނައަށް އޮންލައިނާއި ޓީވީ އެއްކޮށްލުމުން އެންމެ ގިނަ ފައިސާ ލިބޭނެ ކަމަށް ބެލެވެނީ ސަންއަށެވެ. އަދި ތިންވަނައަށް އެންމެ ގިނަ ފައިސާ ލިބޭނެ ކަމަށް ބެލެވެނީ ވީނިއުސް އާއި ވީޓީވީ އަށެވެ.

މީޑިއާ ގްރާންޓަށް ޝަރުތު ހަމަވި މީޑިއާތައް:

  1. ދިޔަރެސް ނޫން - 83 ޕޮއިންޓް
  2. އިމޭޖަސް އެމްވީ - 71 ޕޮއިންޓް
  3. އައިސް ޓީވީ - 92 ޕޮއިންޓް
  4. ހަފްތާ - 77 ޕޮއިންޓް
  5. އަސްލު - 86 ޕޮއިންޓް
  6. ވަން އޮންލައިން - 91 ޕޮއިންޓް
  7. ދުވަސް - 79 ޕޮއިންޓް
  8. އިރުވަރު - 78 ޕޮއިންޓް
  9. ދިވެހި ޗެނަލް - 87 ޕޮއިންޓް
  10. މިހާރު އޮންލައިން - 94 ޕޮއިންޓް
  11. މުނިއަވަސް އޮންލައިން - 83 ޕޮއިންޓް
  12. ވަގުތު - 98 ޕޮއިންޓް
  13. ހަލި ނިއުސް - 86 ޕޮއިންޓް
  14. ގާފު އޮންލައިން - 86 ޕޮއިންޓް
  15. ދެން އޮންލައިން - 83 ޕޮއިންޓް
  16. ރާއްޖެ 24 - 66 ޕޮއިންޓް
  17. ދަ ޕްރެސް - 84 ޕޮއިންޓް
  18. ދައުރު - 89 ޕޮއިންޓް
  19. ވީނިއުސް - 86 ޕޮއިންޓް
  20. ކުޅުދުއްފުށި އޮންލައިން - 75 ޕޮއިންްޓް
  21. ދަ އެޑިޝަން - 79 ޕޮއިންޓް
  22. ފަރަގު - 80 ޕޮއިންޓް
  23. ހުވަދޫ މީޑިއާ - 68 ޕޮއިންޓް
  24. މޯލްޑިވްސް ބިޒްނަސް ރިވިއު - 71 ޕޮއިންޓް
  25. ނާރެސް - 73 ޕޮއިންޓް
  26. އޭދަފުށި ޓައިމްސް - 69 ޕޮއިންޓް
  27. ހަމަ ނިއުސް - 71 ޕޮއިންޓް
  28. މާދަމާ ނިއުސް - 63 ޕޮއިންޓް
  29. ވޮއިސް - 88 ޕޮއިންޓް
  30. ސަންގު އޮންލައިން - 99 ޕޮއިންޓް
  31. ސަން އޮންލައިން - 97 ޕޮއިންޓް
  32. މާލެ ޓައިމްސް - 74 ޕޮއިންޓް
  33. ތީރު މީޑިއާ - 77 ޕޮއިންޓް
  34. ފިޔަ އޮންލައިން - 80 ޕޮއިންޓް
  35. އެމްވީ ޕްލަސް - 87 ޕޮއިންޓް
  36. ފުރަތަމަ ނިއުސް - 79 ޕޮއިންޓް
  37. ތިލަދުން - 83 ޕޮއިންޓް
  38. ކޯޕަރޭޓް މޯލްޑިވްސް މެގަޒިން - 88 ޕޮއިންޓް
  39. އައްޑޫ ލައިވް - 75 ޕޮއިންޓް
  40. ޖަޒީރާ ނިއުސް ހަބް - 79 ޕޮއިންޓް
  41. ހަބަރު އޮންލައިން - 80 ޕޮއިންޓް

މިއީ މީޑިއާ ގްރާންޓަށް ޝަރުތު ހަމަވާ މީޑިއާތައް އިއުލާންކުރި ދެވަނަ ފަހަރެވެ. ޔޫތު މިނިސްޓްރީން މީގެ ކުރިން މީޑިއާ ގްރާންޓަށް ހުޅުވާލުމުން 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދިނުމަށް ނިންމި އެވެ. ނަމަވެސް އަމާޒުވި ފާޑުކިޔުންތަކާއެކު ކުއްލިއަކަށް އެ ލިސްޓު މިނިސްޓްރީން ބާތިލުކުރި އެވެ.

ފަހުން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މީޑިއާތަކަށް ފައިސާ ދޫކުރުމަށް އެންމެ ރަނގަޅީ ކޮންޓްރޯލް ކޮމިޝަން ކަމަށް ދެކޭތީ އެ ޒިންމާ އެ ކޮމިޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ކޮންޓްރޯލް ކޮމިޝަނުން މީޑިއާ ގްރާންޓަށް ކުރިމަތިލާން ހަފްތާ ބަންދު ހިމެނޭ ގޮތަށް ދެ ދުވަހުގެ މުއްދަތެއް ދިނުމުން އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.