about 3 hours 0
about 3 hours 0
ލަންޑަން (ޑިސެމްބަރު 28) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ، ލިވަޕޫލް އަދި އާސެނަލް ކުޅުނު މެޗުތަކުން މޮޅުވިއިރު، ޗެލްސީ ބަލިވެއްޖެ އެވެ.
ސިޓީން ވަނީ ނޮޓިންހަމް ފޮރެސްޓް ދަނޑުގައި 2-1 އިން މޮޅުވެ، ލީގުގެ އެއް ވަނަ އަށް ވަގުތީ ގޮތުން ޖެހިލައިފަ އެވެ. އޭގެ ފަހުން، އާސެނަލް ކުޅުނު މެޗުގައި، ބްރައިޓަން އަތުން 2-1 އިން މޮޅުވެ، އަލުން އެއް ވަނަ އަށް އެރި އެވެ. ލިވަޕޫލުން 2-1 އިން ވުލްވްސްގެ މައްޗަށް ކުރިހޯދައި ގަދަ ހަތަރެއްގެ ތެރެއަށް ވަންއިރު، އެސްޓަން ވިލާ އިން ވަނީ ޗެލްސީގެ ދަނޑުގައި 2-1 އިން އެ ޓީމު ބަލިކޮށް ތިން ވަނައިގައި ޖާގަ ވަރުގަދަކޮށްފަ އެވެ.
ސިޓީން ޓިޖާނީ ރައިންޑާސްގެ ގޯލުން ލީޑުނެގިތާ މާގިނައިރެއްނުވެ، އޮމާރް ހަޗިންސަން ވަނީ ފޮރެސްޓަށް އެއްވަރުކޮށްދީފަ އެވެ. އެކަމަކު، ރަޔާން ޗާކީ ވަނީ ލަނޑު ޖަހައި، ސިޓީ މޮޅުކޮށްދީފަ އެވެ. އާސެނަލުން އަމިއްލަ ދަނޑުގައި ދެ ގޯލުގެ ލީޑެއް ނެގީ، މާޓިން އޮޑެގާޑްގެ އިތުރުން ބްރައިޓަންގެ ޖިއޮޖީނިއޯ ރޫޓެއާ ބައިކޮޅަށް ޖެހި ގޯލުންނެވެ. ބްރައިޓަން އިން ޑިއޭގޯ ގޯމޭޒް ޖެހި ގޯލުން ފަރަގުކުޑަކުރިއިރު، އެއްވަރުކުރަން، ޔަންކޫބާ މިންޓޭ ޖެހި ބޯޅަ އާސެނަލް ކީޕަރު ރާޔާ ވަނީ މަތަކޮށްފަ އެވެ.
ލިވަޕޫލުން އަމިއްލަ ދަނޑުގައި، ރަޔާން ގްރަވެންބާކް އާއި ފްލޯރިއަން ވާޓްޒް، އެ ކްލަބަށް ޖަހައިދިން ފުރަތަމަ ގޯލާ އެކު ދެ ގޯލުގެ ލީޑެއް ނެގި އެވެ. އެކަމަކު، ލީގުގެ ފުލުގައި އޮތް ވިުލްވްސް އިން ދެ ވަަނަ ހާފުގައި، ސަންޓިއާގޯ ބުއޭނޯ ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްދީފަ އެވެ. ޗެލްސީން އަމިއްލަ ދަނޑުގައި، ޖޮއާއޯ ޕެޑްރޯގެ ގޯލުން ލީޑުނެގި ނަމަވެސް، އޮލީ ވަޓްކިންސް ޖެހި ދެ ގޯލުން ވިލާ އިން ދެ ވަނަ ހާފުގައި ނަތީޖާ އަނބުރާލި އެވެ.
އާސެނަލް، އެއް ވަނައިގައި އޮތީ 18 މެޗުން 42 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް 18 މެޗުން 40 ޕޮއިންޓް އަދި ތިން ވަނައިގައި އޮތް ވިލާ އަށް 18 މެޗުން 39 ޕޮއިންޓް އަދި ހަތަރެއްގައި އޮތް ލިވަޕޫލަށް 18 މެޗުން 32 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ޗެލްސީ އަށް ވަނީ ހަ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ އެއްވަރަށް، 18 މެޗުން 29 ޕޮއިންޓް ލިބިފަ އެވެ.
Comment