Advertisement

މީހަކަށް އަނިޔާކޮށް މޫދަށް އެއްލާލި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް

about 2 hours 0


މީހަކަށް އަނިޔާކޮށް މޫދަށް އެއްލާލި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް

about 2 hours 0

މީހާކަށް އަނިޔާކުރުމަށް ފަހު މޫދަށް އެއްލާލި މައްސަލާގައި ދެ މީހުން ހައްޔަރުކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ބާޒާރުމަތީގައި މީހާކަށް އަނިޔާކުރާ ވީޑިއޯއެއް އާންމުވި އެވެ. އެ ވީޑިއޯގައި އަނިޔާ ލިބެނީ ވައްކަމުގެ ތުހުމަތު ކުރެވޭ މީހެކެވެ.

އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށް، ލައިގެން ހުރި އަންނައުނު ވީދައިލުމަށް ފަހު މޫދަށް އެއްލާލާ މަންޒަރު ވީޑިއޯއިން ފެނުނެވެ. އެ މައްސަލާގައި ގިނަ ބަޔަކު ބުނަމުންދިޔައީ ގާނޫނު އަމިއްލަ އަތަށް ނަގައިގެން އެފަދަ އަނިޔާއެއް ނުކުރެވޭނެ ކަމަށެވެ.

މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ދެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ، އަހުމަދު ޝަރީފު، އަންދަލީބުގެ، ބ. ހިތާދޫ އަދި އަހުމަދު ހާތިމް، ބްލޫކިޔާގެ، ލ. އިސްދޫ އެވެ.

އެ މީހުންގެ ބަންދަށް މިއަދު 15 ދުވަސް ކޯޓުން ދީފައިވާއިރު މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.