ރައީސް މުހައްމަދު މުއިއްޒު އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު އަށް މަގާމުގެ ފަތްކޮޅު އަރުވަނީ ---- ފޮޓޯ: ރައީސް އޮފީސް
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޒާހިދު އާއި ރައީސް މުހައްމަދު މުއިއްޒު ވަކިން ބައްދަލުކުރައްވައިފި އެވެ.
މި ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި މި ބައްދަލުވުން ކުރިއަށްދިޔައީ މިދިޔަ އަންގާރަ ދުވަހު ރައީސް އޮފީހުގަ އެވެ. ބައްދަލުވުމަށް ވަޑައިގެންނެވީ ޒާހިދު އެކަންޏެވެ.
އާންމުކޮށް މިނިވަން މުއައްސަސާތަކުގެ ވެރިންނާއެކު ރައީސުލްޖުމްހުރިއްޔާ ބާއްވާ ބައްދަލުވުންތަކުގައި އެ ތަންތަނުގެ އެހެން މެންބަރުން ނުވަތަ ވެރިން ބައިވެރިވެ އެވެ.
އަންގާރަ ދުވަހުގެ ބައްދަލުވުމާއި ގުޅިގެން މި ނޫހުން ޒާހިދު ވިދާޅުވީ ރައީސް އޮފީހަށް ވަޑައިގެންނެވީ ރައްޔިތުން ވޯޓުގެ ކަންކަމާއި ޑިމޮކްރެޓިކް ވެށްޓަށް ހޭލުންތެރިކަން އިތުރުކުރުމަށް އަންނަ އަހަރު ރާވާފައިވާ ކަންކަން މުއިއްޒު އާއި ހިއްސާކޮށް އެކަމަށް ބޭނުންވާ ރިސޯސަސް އަށް އެދިގެން ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަނުގެ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ދިވެހިރާއްޖޭގެ ރައްޔިތުން އިންތިހާބުގެ ވޯޓުލުން އެކަންޏެއް ނޫން. މި ރާއްޖޭގެ މި ޑިމޮކްރެޓިކް ވެއްޓާއި ޑިމޮކްރަސީގެ ހަމަތަކާއި ވޯޓު ލާން މިޖެހެނީ ކީއްވެގެން ކަމާއި. ވޯޓު ލައިގެން ނުކުންނަން ބޭނުންވާ ނަތީޖާއަކީ ކޮބައިކަމާއި މެދު ހޭލުންތެރިކުރުވުން،" ޒާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށްފަހު ދެން އޮންނަ ބޮޑު އިންތިހާބަކާއި ދެމެދު މިފަދަ ހޭލުންތެރިކަމުގެ ޕްރޮގްރާމުތަކެއް ހިންގަން ރާވާފައިވާ ކަމަށެވެ. އެ މަސައްކަތްތައް ރާވާފައިވަނީ ލޯކަލް ކައުންސިލް އިންތިހާބަށްފަހު އެވެ.
"އެ މުއްދަތު ގެ ތެރޭގަ އަޅުގަނޑުމެންގެ ފޯކަސް އެ ދިމާލަށް ފޯކަސްކޮށް ރައްޔިތުން އެކަންކަމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް. ތަންކޮޅެއް ސްޓްރެޓެޖިކްކޮށް ރާވާލައިގެން ކުރިއަށް ގެންދަންވެގެން އެކަމަށް އަޅުގަނޑުމެންނަށް ބޭނުންވާ ރިސޯސަސް ހޯދިގެންތާ އެކަން ވާނީ. އެ ސަޕޯޓު ލިބިގެންތާ އެކަން ވާނީ. އެހެންވީމަ އެކަމަށްޓަކައި ދިޔައީ،" ޒާހިދު ވިދާޅުވި އެވެ.
މި ބައްދަލުވުމާއި ގުޅޭ އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.
އީސީގެ ރައީސް ކަމަށް ޒާހިދު އައްޔަންކުރީ ޖެނުއަރީ 26، ގަ އެވެ. އެ މަގާމަށް އައްޔަންކުރަން މުއިއްޒު، ޒާހިދުގެ ނަން ފޮނުވުމުން ރައްޔިތުންގެ މަޖިލީހުން އޭނާގެ ނަން ފާސްކުރީ ވެރިކަންކުރާ ޕީއެންސީގެ މެންބަރުންގެ ފުރިހަމަ ތާއީދާ އެކު އެވެ.
މުއިއްޒު އީސީގެ ރައީސް އާއި ބައްދަލުކުރައްވާފައި މިވަނީ މި ސަރުކާރުން ކުރިމަތިލާ ދެވަނަ ބޮޑު އިންތިހާބު ކަމަށްވާ ލޯކަލް ކައުންސިލް އިންތިހާބު ކުޑަތަންވެފައި ވަނިކޮށެވެ. އޭޕްރީލް 4، ގައި ބާއްވާ މި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް
Comment