ގޭބިސީތަކާއި، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި، ދަނޑުވެރިކަމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވާ މެހީގެ އުނދަގުލަށް ފަސޭހަ އަދި ރައްކާތެރި ހައްލެއް "ޕެސްޓެކްސް މޯލްޑިވްސް" އިން ތައާރަފުކޮށްފައިވެ އެވެ.
ސައިންޓިފިކް ދިރާސާތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ "ބެރިކްސް ހައުސްފްލައި ލުއަރސް" އަދި "ބެރިކްސް ޑޯމޯ ޓްރެޕް" އަކީ މިހާރު ބާޒާރުގައި ހުރި އެންމެ ފެންވަރު ރަނގަޅު އެއް އުފެއްދުމެވެ.
ބެރިކްސްގެ މި އުފެއްދުމުގައި ބޭނުންކޮށްފައިވަނީ މެހި ދަހިކޮށްގެން ކައިރިއަށް ގެންނަން އެހީތެރިވާ "ޕެރަ-ފެރޮމޯންސް" އެވެ. މީގެ އެންމެ ހާއްސަ ކަމަކީ މިއީ އެއްވެސް ވަރަކަށް ވިހަ މާއްދާއެއް އެކުލެވިގެންވާ އެއްޗަކަށް ނުވުމެވެ. ބަޔޯ-ޑިގްރޭޑަބަލް ފޯމިއުލާއެއްގެ މައްޗަށް ބިނާކޮށްފައިވާ މި ލުއަރސްއަކީ އޭވީޕީ މެޓްރިކްސް މެދުވެރިކޮށް ގިނަ ދުވަހު އޭގެ ބާރު ހުންނާނެހެން ފަރުމާކޮށްފައިވާ އެއްޗެކެވެ.
މެހި ހިފުމަށް ހާއްސަކޮށް ހަދާފައިވާ ޑޯމޯ ޓްރެޕަކީ ޕޭޓަންޓް ކުރެވިފައިވާ، ސައިންޓިފިކް ކުރެހުމަކަށް ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. މީގެ މުހިންމު ސިފަތަކުގެ ތެރޭގައި މެހި އެންމެ ގަޔާވާ ކުލަ ބޭނުންކޮށްފައި ވުމާއި ހުރިހާ މޫސުމަކަށް ވެސް ފައްކާ އުފެއްދުމަކަށް ވުމާއި އެއްފަހަރާ 30،000 އާ ގާތްކުރާ އަދަދަކަށް މެހި ހިފުމުގެ ގާބިލުކަން ލިބިފައިވުން ހިމެނެ އެވެ. އަދި މިއީ ގިނަ ފަހަރު ބޭނުންކުރެވޭ އަދި ހޫނަށް ގަދަ އުފެއްދުމެކެވެ.
މި އުފެއްދުމާ ބެހޭ އިތުރު މައުލޫމާތު ޕެސްޓެކްސް މޯލްޑިވްސްގެ ވެބްސައިޓް އިން ލިބޭނެ އެވެ. ސިއްހީ ގޮތުން ރައްކާތެރި، ސާފުތާހިރު މާހައުލެއް ބޭނުންނަމަ ބެރިކްސްގެ މި އުފެއްދުމަކީ ކޮންމެހެން ވެސް އަޖުމަ ބަލާލަންޖެހޭ ފެންވަރު ރަނގަޅު އުފެއްދުމެކެވެ.
Comment