Advertisement

ސެމެންޔޯ ގަތުމުގެ ރޭހުން ކުރިހޯދީ ސިޓީ

about 5 hours 0


ސެމެންޔޯ ގަތުމުގެ ރޭހުން ކުރިހޯދީ ސިޓީ

about 5 hours 0

ލަންޑަން (ޑިސެމްބަރު 24) - ބޯންމައުތަށް ކުޅެމުން އަންނަ ގާނާ ގައުމީ ޓީމުގެ ފޯވާޑް، އެންޓޮއިން ސެމެންޔޯގެ ގަންނަން ގިނަ ކްލަބްތަކުން ވާދަކުރަމުން ދަނިކޮށް، މެންޗެސްޓާ ސިޓީން އެ ރޭހުން ކުރިހޯދައިފި އެވެ.

އުމުރުން 25 އަހަރުގެ ސެމެންޔޯއާ އެކު، ބޯންމައުތުން ހަދާފައި އޮތް ކޮންޓްރެކްޓްގައިވާ ގޮތުން، ޖެނުއަރީ 10ގެ ކުރިން، ކްލަބަކުން 70 މިލިއަން ޑޮލަރު ހުށަހަޅައިފިނަމަ، އޭނާ ވިއްކާލަން ޖެހެ އެވެ. އެ ގޮތުން، އެ އަގުދީފައި ސެމެންޔޯ ގަންނަން، މެންޗެސްޓާ ޔުނައިޓެޑް، މެންޗެސްޓާ ސިޓީ އަދި ޓޮޓެންހަމް ހޮޓްސްޕާސް އިން ޝައުގުވެރިކަން ފާޅުކޮށް މަސައްކަތް ފެށިއިރު، އެ ރޭހުގައި ލިވަޕޫލާއި ޗެލްސީން ވެސް އޮތެވެ.

ޗެލްސީ އާއި ލިވަޕޫލުން ރޭހުން ބޭރުވީ އެކި ސަބަބުތަކަށްޓަކަ އެވެ. އެ ގޮތުން، ސެމެންޔޯ ބޭނުންވަނީ ވަކި ކްލަބަަކަށް ދާން ކަމަށްވާތީވެ، ޗެލްސީން އެ ޑީލުން ނިކުތްއިރު، ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓްގެ ރުހުން ނެތުމުން އެ ކްލަބުން ވެސް އެ ޑީލާ އެކު ކުރިއަށްނުދާން ނިންމި އެވެ.

ޔުނައިޓެޑާއި ޓޮޓެންހަމް އިން ވާހަަކަތައް ކުރިއަށްގެންދަނިކޮށް ސެމެންޔޯ ނިންމީ ސިޓީއާ ގުޅުމަށެވެ. އެއާ އެކު، ސިޓީން މިހާރު އަންނަނީ ސެމެންޔޯގެ ޑީލް ފައިނަލް ކުރުމުގެ މަޝްވަރާތައް ބޯންމައުތާ އެކު ކުރިއަށްގެންދަމުންނެވެ.