Advertisement

ބިސް ބުރު ބަލިކޮށް ވިކްޓަރީ އަށް އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގެ ތިން ވަނަ

about 2 hours 0

ވިކްޓަރީގެ ސަފީނާ (ކ) އާއި ލޭލާ ލަނޑު ޖެހުމަށް ފަހު އުފާފާުޅުކުރަނީ.--- ފޮޓޯ: ވިކްޓަރީ ސްޕޯޓްސް ކްލަބް


ބިސް ބުރު ބަލިކޮށް ވިކްޓަރީ އަށް އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގެ ތިން ވަނަ

about 2 hours 0

ބިސް ބުރު ސްޕޯޓްސް ކްލަބް އަތުން 5-0 އިން މޮޅުވެ، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތިން ވަނައިގައި އޮވެ އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގު ނިންމާލައިފި އެވެ.

އެގާރަ އަހަރަށް ފަހު އެފްއޭއެމް އިން ކްލަބްތަކަށް ހާއްސަކޮށް ބާއްވާ ފުރަތަމަ ފުޓްބޯޅަ މުބާރާތުގައި ބާކީ އޮތީ އެންމެ މެޗެކެވެ. އެއީ، ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބުން ވާދަކުރާ، ލީގުގެ ޗެމްޕިއަން ކަނޑައެޅިގެންދާ މެޗެވެ. މާޒިޔާ އާއި އޮޑި އަށް ވެސް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، މާޒިޔާ އިން ކުރީގައި އޮތީ ޖެހި ގޯލުންނެވެ.

ތިން ވަނައިގައި ނިންމި ވިކްޓަރީ އާއި ހަތަރަކަށް ދިޔަ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ފަސް މެޗުން އަށް ޕޮއިންޓް ލިބުނުއިރު، ވިކްޓަރީ ކުރީގައި އޮތީ ނިއު އަށް ވުރެން ލަނޑުގެ ތަފާތުން ތިން ފައިދާ ގޯލު އިތުރުވުމުންނެވެ. ޓީސީ، ފަސް ވަނަ އަށް ދިޔައީ، ފަސް މެޗުން ތިން ޕޮއިންޓާ އެކު އެވެ. ބިސް ބުރުން މުބާރާތް ނިންމާލީ ކުޅުނު ފަސް މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، ވިކްޓަރީން ފުރަތަމަ ހާފުގައި ތިން ގޯލު ޖެހިއިރު، އަނެއް ދެ ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.

މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ޖެހީ، އުޒްބެކިސްތާންގެ ދެ ކުޅުންތެރިން ކަމަށްވާ ލޭލާ ރުސްޓުލައޭވާ އާއި ސަފީނާ ރުޝާނިޔާ އެވެ. މީގެ ތެރެއިން ލޭލާ ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. އަދި، ސަސްޕެންޝަނުން އެނބުރި އައިސް ކުޅުނު ސަފީނާ އެއް ލަނޑު ޖެހި އެވެ.

ލޭލާ، މި މެޗުގައި ޖެހި ގޯލުތަކާ އެކު، ލަނޑު ލިސްޓުގެ އެއް ވަނަ އަށް ވަނީ ޖެހިލައިފަ އެވެ. އެއީ ނުވަ ގޯލު ޖަހައިގެންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރަނީ، އަށް ގޯލު ޖަހާފައިވާ އޮޑިގެ ކެޕްޓަން، ފާތިމަތު ސާލިޔާ އާއި ހަތް ލަނޑު ޖަހާފައިވާ މާޒިޔާގެ ނޭޕާލް ކުޅުންތެރިޔާ ރޭކާ ޕޮއުޑެލް އެވެ.

އެފްއޭއެމް އިން 2014 ވަނަ އަހަރުގެ ފަހުން ބާއްވާ ފުރަތަމަ ފުޓްބޯޅަ މުބާރާތް، އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގެ ފަހު މެޗުގައި މާދަމާ ހަވީރު، މާޒިޔާ އާއި އޮޑި ކުޅޭ މެޗު ފަށާނީ 16:00 ގަ އެވެ.