Advertisement

އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި ނިއު އިން ކުޅުނު ފަހު މެޗުން ޓީީސީ ބަލިކޮށްފި

about 2 hours 0

އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި މިއަދު ޓީސީ އާއި ނިއު އިން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިބްރާހިމް ޝާފިއު / އަދަދު ސްޕޯޓްސް


އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި ނިއު އިން ކުޅުނު ފަހު މެޗުން ޓީީސީ ބަލިކޮށްފި

about 2 hours 0

އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުޅުނު ފަހު މެޗުން ޓީސީ ސްޕޯޓްސް ކްލަބް އަތުން 4-0 އިން މޮޅުވެއްޖެ އެވެ.

އެފްއޭއެމް އިން ކްލަބްތަކަށް ހާއްސަކޮށް އަންހެން ފުޓްބޯޅައިގެ މުބާރާތެއް މި ބާއްވަނީ 2014 އަހަރުގެ ފަހުން ފުރަތަމަ ފަހަރަށެވެ. ހަ ޓީމު ކުޅޭ މި މުބާރާތުގެ ފުރަތަމަ ހަތަރު ހަފްތާގެ މެޗުތައް ކުރިއަށްދިޔައީ، ހެންވޭރު ދަނޑުގަ އެވެ. އެކަމަކު، ފަހު ތިން މެޗު ކުޅެން އެފްއޭއެމް އިން ނިންމީ ގަލޮޅު ދަނޑުގަ އެވެ.

އެ ގޮތުން، ގަލޮޅު ދަނޑުގައި މިއަދު ހަވީރު ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި، ނިއު އިން ފުރަތަމަ ހާފުގައި އެކަނި ވެސް ވަނީ ތިން ލަނޑު ޖަހައިފަ އެވެ. މެޗު ފަށައިގެން ހަތް ވަނަ މިނިޓްގައި، ނިއު އަށް ކުޅޭ ގައުމީ ޓީމުގެ މަރިޔަމް ނޫރާ ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ފުރަތަމަ ހާފުގައި ނިއު އިން ޖެހި އަނެއް ދެ ލަނޑު ކާމިޔާބުކުރީ ސުމާ މުހައްމަދު އެވެ.


މެޗުގައި ނިއު އިން ޖެހި ފަހު ލަނޑު މެޗުގެ ދެ ވަނަ ހާފުގައި ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ނޫރާ އެވެ.

މި މޮޅާ އެކު، ނިއު އިން މުބާރާތް ނިންމާލީ ފަސް މެޗުން އަށް ޕޮއިންޓާ އެކު އެވެ. މި ވަގުތު ނިއު އިން ތިން ވަނައިގައި އޮތް ނަމަވެސް އެ ޓީމަށް މި މަގާމުގައި މުބާރާތް ނިންމާލެވޭނީ މާދަމާ ހަވީރު، ބިސް ބުރު ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. ވިކްޓަރީން ބިސް ބުރު އަތުން ދެ ލަނޑަށް ވުރެން ތަފާތު ބޮޑުކޮށް މޮޅުވެއްޖެނަމަ، ނިއު އިން މުބާރާތް ނިންމާލާނީ ހަތަރު ވަނައިގަ އެވެ.

މި ފަހަރުގެ ވިމެންސް ލީގުގެ ޗެމްޕިއަންކަމަށް ވާދަކުރަނީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އޮޑި ސްޕޯޓްސް ކްލަބް އެވެ. އެ ދެ ޓީމު ކުޅޭ މެޗު އޮންނާނީ އަންގާރަ ދުވަހު ހަވީރު އެވެ.