Advertisement

އެސްއޯއީތަކުގެ ހަމައެކަނި މަސައްކަތަކީ ވައްކަމުގެ ތެރެއިން މުއިއްޒުގެ ސިޔާސީ އެޖެންޑާއަށް ހަރަދު ކުރުން: އަދާލަތު ޕާޓީ

about 2 hours 1

އަދާލަތު ޕާޓީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން. ރައީސް މުއިއްޒު ސިޔާސީ ކެރިއަރު ފެއްޓެވީ އެ ޕާޓީއިން


އެސްއޯއީތަކުގެ ހަމައެކަނި މަސައްކަތަކީ ވައްކަމުގެ ތެރެއިން މުއިއްޒުގެ ސިޔާސީ އެޖެންޑާއަށް ހަރަދު ކުރުން: އަދާލަތު ޕާޓީ

about 2 hours 1

ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ހަމައެކަނި މަސައްކަތަކަށް ވެފައިވަނީ ވައްކަމާއި ފަސާދައިގެ ތެރެއިން ރައީސް މުހައްމަދު މުއިއްޒުގެ ސިޔާސީ އެޖެންޑާއަށް ހަރަދު ކުރުން ކަމަށް އިދިކޮޅު އަދާލާތު ޕާޓީން ބުނެފި އެވެ.

އެސްއޯއީތައް މެދުވެރިކޮށް ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގަމުންދާ ކަމުގެ ތުހުމަތުތަކެއް ކުރެވޭއިރު އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މުއިއްޒުގެ ސަރުކާރުގެ ހުރިހާ ދިމާލެއްގައި ވައްކަމާއި ފަސާދަ އާންމުވެފައިވާ ކަމަށް ބުނެފަ އެވެ.

މި ސަރުކާރުން ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ ހިންގުން ގަޑުބަޑުކޮށް ކޯޕަރޭޓް ގަވަނެންސްގެ ހަމަތަކާ ހިަލާފުވެ، ހަރުމުދާ ލޫޓުވަމުންދާ ކަމަށް މުއިއްޒުގެ ސިޔާސީ ކެރިއަރު ފެއްޓެވި ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެގޮތުން، އެޗްޑީސީ އާއި އެމްއޭސީއެލް އަދި ބީއެމްއެލް ފަދަ ކުންފުނިތައް ބަނގުރޫޓުވުމާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށާއި ގައުމުގެ އިގުތިސޯދު ހީނަރުވެ ދިވެހިރާއްޖެ ވެސް ބަނގުރޫޓުވެދާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމަށް އަދާލާތު ޕާޓީން ވަނީ ބުނެފަ އެވެ.

ވާދަވެރި ޓެންޑަރެއް ނެތި އުސޫލުތަކުގެ ބޭރުން 206 ޕްރޮޖެކްޓު ބަހާލައި އެ މަޝްރޫއުތަކަށް ފައިނޭންސް ކުރުމަށް ބީއެމްއެލްގައި ހުރި ރައްޔިތުންގެ ފައިސާ މުއިއްޒުގެ އެކުވެރިންނަށް ބަހާލަމުންދާ ކަމަށް އަދާލާތު ޕާޓީން ވަނީ ތުހުމަތުކޮށްފަ އެވެ.

އޭގެ އިތުރުން، އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ މުދާ ރަހުނު ކުރުމަށް ފަހު ބޮޑެތި އަދަދުތަކުން ދަރަނި ނަގަމުންދާ ކަމަށާއި، އެ ފައިސާ ސަބްސިޑަރީ ކުންފުންޏެއް މެދުވެރިކޮށް މުއިއްޒުގެ ސިޔާސީ މަންފާއަށް ބަހާލަމުންދާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

ރައްޔިތުންގެ މައްޗަށް ވެރިކަން ކުރަން ލިބުމަކީ ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ، ދައުލަތް ލޫޓުވަން ލިބޭ ފުރުސަތެއް ކަމުގައި ނުދެކުމަށް އަދާލާތު ޕާޓީން ވަނީ މުއިއްޒުއަށް ގޮވާލާފަ އެވެ.