Advertisement

ކުޅުންތެރިން ގައުމަށްޓަކައި ކުރާ މަސައްކަތް ކުޅުމާއި ނަތީޖާ އިން ވެސް ފެނޭ

about 2 hours 0

އަންހެން ވޮލީ ޓީމުގެ ކޯޗު މުހައްމަދު ނަދީމް (ނަދީމްބެ).---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ


ކުޅުންތެރިން ގައުމަށްޓަކައި ކުރާ މަސައްކަތް ކުޅުމާއި ނަތީޖާ އިން ވެސް ފެނޭ

about 2 hours 0

މާލޭގައި މިހާރު ކުރިއަށްދާ ވިމެންސް ކާވާ ކަޕްގައި ރާއްޖޭން ކުޅުނު ފުރަތަމަ ދެ މެޗުން ރަނގަޅު މޮޅެއް ލިބުމަކީ، ކުޅުންތެރިން ގައުމަށްޓަކައި ކުރާ މަސައްކަތް، ކުޅުމާއި ނަތީޖާ އިން ވެސް ފެންނަ ކަމެއް ކަމަށް އަންހެން ވޮލީ ޓީމުގެ ކޯޗު، މުހައްމަދު ނަދީމް (ނަދީމްބެ) ބުނެފި އެވެ.

ހަތަރު ގައުމު ވާދަކުރާ ވިމެންސް ކާވާ ކަޕްގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، ހޮނިހިރު ދުވަހުގެރޭ ބަންގްލަދޭޝް އަތުން ތިން ސެޓުން މޮޅުވިއިރު، ސެޓުތައް ދިޔައީ، 25-18، 25-12 އަދި 25-16 އިންނެވެ. ދެ ވަަނަ މެޗުގައި، ރޭ، އަފްގާނިސްތާން އަތުން ރާއްޖެ މޮޅުވިއިރު، ސެޓުތައް ގެންދިޔައީ، 25-20، 25-13 އަދި 25-12 އިންނެވެ.

"ފުރަތަމަ ކަމަކަށް ވެސް ﷲ އަށް ހަމްދު ޝުކުރުކުރަން. އަޅުގަނޑުމެންގެ ޓީމުގެ މި މަސައްކަތަކީ ހަމަ އަބަދު އަބަދު އެކަމަށް ކެނޑިނޭޅި ކުރި މަސައްކަތުގެ ނަތީޖާ މިރޭ ވެސް ހަމަ ރޭގެ ކުޅުމަށް ވުރެން އިތުރަށް ފުރިހަމަ ވެގެންދިޔަކަން ވަރަށް ބޮޑަށް ފާހަގަވެގެންދިޔައީ، ކުޅުންތެރިންގެ އަޒުމާއި ރޫހު އޮތީ އިނގޭތޯ ގައުމަށްޓަކައި ކޮންމެ ކަމެއް ވެސް ކޮށްދޭން ތައްޔާރަށް، އެ ވަރަށް ތައްޔާރުވެގެން ތިބީ،" ރޭގެ މެޗަށް ފަހު، ނަދީމްބެ ބުންޏެވެ.

އަފްގާނިސްތާނާ ދެކޮޅަށް ރޭ ކުޅުނު މެޗުގެ ތެރެއިން ނަދީމްބެ ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް/ އިމޭޖަސް.އެމްވީ


ނަދީމްބެ ބުނީ، އަފްގާނިސްތާނާ ދެކޮޅަށް ކުޅެން ނުކުމެ ޕްލޭން ކާމިޔާބުވީ ވަރަށް ފުރިހަމަ އަށް ކަމަށެެވެ.

"ކުޅުމަށް ބަލާއިރު އަޅުގަނޑުމެންނަށް ހީވަނީ، އަފްގާނިސްތާންގެ ޓީމުގައި އަޅުގަނޑުމެން ބެލި ކަންތައްތަކަށް ބަލައިގެން ހަމަ އެ ތަންތަން ވަރަށް ބޮޑަށް ފައިދާ ހުރި ގޮތަކަށް ކުޅެވޭ ގޮތަށް ރޭވިފައިވަނީ، އޭގެ ބޭނުން ވަރަށް ބޮޑަށް ކުރެވިގެންދިޔަ. ހަމަ ހުސް ބޯޅަތައް ވެސް ޖަހަން ލިބި އެ ބޯޅަތައް ޖަހާފައި އެބަ ހުރި، އަނެއްކާ ޑިފެންސް ކުރުމުގައި ވެސް، އެޓޭކް ކުރުމުގައި ވެސް، ރިސީވް ކުރުމުގައި ވެސް، އަޅުގަނޑުމެންގެ ހުނަރު ވަރަށް ބޮޑަށް ފާހަގަކުރެވޭ، އަނެއްކާ ތައްޔާރުވުމާ އެއްޗެހި ވެސް،" ނަދީމްބެ ބުންޏެވެ.

ރާއްޖޭން ލީގު ބުރުގެ ފަހު މެޗުގައި މިރޭ ކުޅޭނީ ކިރްގިސްތާނާ ދެކޮޅަށެވެ. ރާއްޖެ އެކޭ އެއްގޮތަށް ކިރްގިސްތާނުން ވެސް ވަނީ ފުރަތަމަ ދެ މެޗުން މޮޅުވެފަ އެވެ. އަފްގާނިސްތާން އަތުން ކިރްގިސްތާނުން ތިން ސެޓުން މޮޅުވިއިރު، ސެޓުތައް ދިޔައީ، 25-15، 26-24 އަދި 25-11 އިންނެވެ. އަދި، މިއަދު ހަވީރު ބަންގްލަދޭޝް އަތުން ވެސް ސެޓެއް ނުގެއްލި ކިރްގިސްތާނުން މޮޅުވީ، 25-15، 25-21 އަދި 25-11 އިން ސެޓުތައް ގެންގޮސްގެންނެވެ.

"އުންމީދުކުރަނީ، މާދަމާ ރޭ (މިރޭ ކިރްގިސްތާނާ ކުޅޭ) މެޗު ވެސް މި ވަރު ނޫނީ މި އަށް ވުރެން ރަނގަޅަށް ކުޅެގެން އިންޝާﷲ މޮޅުވާން ހަަމަ،" މިރޭ، 20:40 ގައި ފަށާ މެޗާ ބެހޭގޮތުން ނަދީމްބެ ބުންޏެވެ.

ރާއްޖޭން ވަނީ 2019 ވަނަ އަހަރު ސެންޓްރަލް ޒޯން އަންހެން ވޮލީބޯޅަ މުބާރާތުގައި، ކިރްގިސްތާން އަތުން ފަހަތުން އަރައި 3-2 އިން މޮޅުވެ، ފައިނަލަށް ދަތުރުކޮށްފަ އެވެ.

އެކަމަކު، އޭގެ ފަހުން، 2021 ވަނަ އަހަރު ކިރްގިސްތާން އަތުން ތިން ސެޓުން ބަލިވިއިރު، މިދިޔަ އަހަރު މާލޭގައި ބޭއްވި ކާވާ ޗެލެންޖް ކަޕްގައި ރާއްޖޭން ލީގު ބުރުގައި 3-0 ސެޓުން، ކިރްގިސްތާން އަތުން ބަލިވެ، ފައިނަލް މެޗުގައި ކިރްގިސްތާން އަތުން ވަނީ 3-2 ސެޓުން ބަލިވެފަ އެވެ.

މިދިޔަ އަހަރުގެ ފައިނަލް މެޗުގައި، ކިރްގިސްތާނުން ފުރަތަމަ ސެޓު، 25-17 ގެންދިޔައިރު، ރާއްޖޭން ދެން ކުޅުނު ސެޓު، 24-26 އިން ގެންގޮސް އެއްވަރުކުރި އެވެ. އެކަމަކު، ތިން ވަަނަ ސެޓު، 25-18 އިން ގެންގޮސް އަނެއްކާ ވެސް ކިރްގިސްތާނުން ލީޑުނަގާފައިވަނިކޮށް، ރާއްޖޭން ހަތަރު ވަނަ ސެެޓު، 22-25 އިން ގެންގޮސް، ނަތީޖާ ނެރެން ފަސް ވަނަ ސެޓަށް މެޗު ގެންދިޔަ އެވެ. އެ ސެޓުން ކިރްގިސްތާން މޮޅުވީ 15-09 އިންނެވެ.