Advertisement

ހުޅުމާލެ ދެ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގައި 10 ބުރިއަށް އިމާރާތްކުރަން ހުއްދަ ދޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

about 2 hours 0


ހުޅުމާލެ ދެ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގައި 10 ބުރިއަށް އިމާރާތްކުރަން ހުއްދަ ދޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

about 2 hours 0

ހުޅުމާލޭ ފޭސް އެކަކާއި ފޭސް ދެއަކުން ދޫކޮށްފައިވާ ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރުމަށް ގަވާއިދުތައް ބަދަލުކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"މި ދެ ފިޔަވަހީގައި ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރެވޭ އުސްމިން ވައުދުވެފައިވާ ގޮތަށް 10 ބުރިއަށް ބަދަލުކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް، 10 ބުރިއަށް އިމާރާތް ކުރާނަމަ އިމާރާތުގެ އެންމެ ތިރީ ފްލޯ ޕާކިންއަށް ހާއްސަކުރަން ޖެހޭނެ ކަމަށާއި އިތުރު އެއް ފްލޯ ކޮމާޝަން ބޭނުމަށް ހާއްސަކުރަން ޖެހޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން، ގޯތި ލިބިފައިވާ ފަރާތްތަކަށް ފައިސާ ދައްކައިގެން އަމިއްލަ ކުރެވޭ ގޮތަށް އޮތްއިރު އެެގްރީމެންޓުގެ ޖުމުލަ އަގުގެ 10 ޕަސެންޓު ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ހުޅުމާލޭގެ އެކި ޒޯންތަކުގައި އިމާރާތް ކުރަން އޮންނަނީ އެކި އުސްމިނަށެވެ.

ވިލިމާލޭގައި އަޅާ އިމާރާތްތައް 10 ބުރިއަށް ނެގޭ ގޮތަށް މާލޭ ޕްލޭނިން ގަވާއިދަށް ބަދަލު ގެނައީ ވެސް މި ވެރިކަމުގަ އެވެ. ގަވާއިދު ބަދަލުކުރުމާ ހަމައަށް ވިލިމާލޭގައި އެންމެ އުސްކޮށް އިމާރާތް ކުރެވުނީ ހަ ބުރިއަށެވެ.