ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ހާއްސަ ހެލްތު އިންޝޫރެންސް ޕެކޭޖު އަމާނާ ތަކާފުލްއިން ތައާރަފުކޮށްފި އެވެ.
"ހޭހަން" ޕެކޭޖަކީ އެސްއެމްއީތަކަށް އެކަށީގެންވާ ހެޔޮ އަގެއްގައި އަދި ބޮޑު ބަދަލެއް ލިބިދެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕެކޭޖެކެވެ. އެގޮތުން އެނދުމަތިކޮށްގެން ދޭ ފަރުވާއަށް 180،000ރ. އަދި އޯޕީޑީ ހިދުމަތްތަކަށް 5،000ރ. ހިމެނޭހެން ޖުމުލަ 180،000ރ. ގެ ޕެކޭޖެކެވެ.
ރާއްޖެ، އިންޑިއާ އަދި ލަންކާއިން ހިދުމަތް ހޯދާ ފަރާތްތަކަށް މި ޕެކޭޖުން ހެލްތު އިންޝޫރެންސް ކަވަރު ކޮށްދޭނެ އެވެ.
މި ޕެކޭޖުގެ ތެރެއިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި ޑޮކްޓަރަށް ދެއްކުން، ފިޒިއޯތެރަޕީ، ދަތުގެ ފަރުވާ، ގުނަވަން ބަދަލުކުރުން، ނަފްސާނީ ބަލިތައް އަދި އެއް އަހަރު ފަހުން މާބަނޑު މީހުންނަށް ދެވޭ ފަރުވާތައް ހިމެނެ އެވެ.
މި ތަކާފުލްގައި ބައިވެރިވެވެނީ އެންމެ މަދުވެގެން މުވައްޒަފުންގެ އަނބިދަރިން ހިމެނޭހެން ފަސް މީހުން ހަމަވުމުންނެވެ.
Comment