Advertisement

އެފްރިކަން ކަޕް ކޮންމެ ހަތަރު އަހަރަކުން ބާއްވަނީ

about 2 hours 0


އެފްރިކަން ކަޕް ކޮންމެ ހަތަރު އަހަރަކުން ބާއްވަނީ

about 2 hours 0

ރަބަތު، މޮރޮކޯ (ޑިސެމްބަރު 21) - އެފްރިކާ ބައްރުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، އެފްރިކަން ކަޕް އޮފް ނޭޝަންސް ކޮންމެ ހަތަރު އަހަރަކުން ބާއްވާ ގޮތަށް ނިންމާފައިވާ ކަމަށް އެފްރިކާގެ މައި ފުޓްބޯޅަ ޖަމިއްޔާ، ކާފް އިން ބުނެފި އެވެ.

މިހާރު އޮތްގޮތުން، 1968 ވަނަ އަހަރުން ފެށިގެން އެފްރިކަން ކަޕް ބާއްވަނީ ކޮންމެ ދެ އަހަރަކުން އެއް ފަހަރު އެވެ. އަދި، 2012 އާއި 2013 ގައި ބޭއްވީ އެއް ދެ އަހަރެއްގެ ތެރޭގަ އެވެ. އެކަމަކު، 2027 ވަނަ އަހަރުން ފެށިގެން އެފްރިކަން ކަޕް، ކޮންމެ ހަތަރު އަހަރަކުން ބާއްވަން ނިންމާފައިވާ ކަމަށް އިއުލާނުކުރެއްވީ، ކާފްގެ ރައީސް، ޕެޓްރިސް ޕޮޓްސެޕޭ އެވެ.

އެފްރިކަން ކަޕް، 2027 ވަނަ އަހަރު ކުރިއަށްދާނީ ކެންޏާ، ޓެންޒާނިއާ އަދި ޔޫގާންޑާގަ އެވެ. އެ މުބާރާތް ބާއްވާނެ ތާރީހެއް އަދި އިއުލާނުކޮށްފައެއް ނުވެ އެވެ. އަދި، އޭގެ ފަހުން، 2028 ވަނަ އަހަރު، އެފްރިކަން ކަޕްގެ އިތުރު މުބާރާތެއް ބާއްވާއިރު، އަދި އެ މުބާރާތް ބާއްވާނެ ގައުމެއް އިއުލާނުކޮށްފައެއް ނުވެ އެވެ. އޭގެ ފަހުން، އެފްރިކަން ކަޕް، ކޮންމެ ހަތަރު އަހަރަކުން ބާއްވާނީ، ޔޫރަޕްގެ މައި ފުޓްބޯޅަ މުބާރާތް، ޔޫރޯ ވެސް އޮންނަ އަހަރުގަ އެވެ.


މީގެ އިތުރުން މޮޓްސެޕޭ ވަނީ، 2029 ވަނަ އަހަރުން ފެށިގެން އެފްރިކަން ނޭޝަންސް ލީގު ފަށަން ނިންމާފައިވާކަން އިއުލާނުކުރައްވައިފަ އެވެ.

"މިއީ، އެފްރިކާގެ ފުޓްބޯޅައިގެ މުސްތަގުބަލަށްޓަކައި ގެނެވޭ ބަދަލުތަކެއް. އެންމެން ވެސް އިސްކުރަންވާނީ އެފްރިކާ ފުޓްބޯޅައިގެ ކުރިމަގަށްޓަކައި ގެނެވޭ ބަދަލުތަކަށް އިހުތިރާމްކުރުމުގެ ވިސްނުން،" މޮޓްސެޕޭ ވިދާޅުވި އެވެ.

ކާފް އިން ވަނީ މޮރޮކޯގައި މިއަދު ފަށާ އެފްރިކަން ކަޕް އިން ފެށިގެން މުބާރާތުގެ ޗެމްޕިއަނަށް ދޭ އިނާމް ފައިސާ ހަތް މިލިއަން ޑޮލަރުން 10 މިލިއަން ޑޮލަރަށް އިތުރުކޮށްފަ އެވެ.