Advertisement

ލެކްނޯގެ ހަތަރު ކިރު ޕެކެޓު ގަނެގެން ހަފުތާއަކު 4,000ރ. ލިބުމުގެ ފުރުސަތު!

about 2 hours 0


ލެކްނޯގެ ހަތަރު ކިރު ޕެކެޓު ގަނެގެން ހަފުތާއަކު 4,000ރ. ލިބުމުގެ ފުރުސަތު!

about 2 hours 0

ރާއްޖޭގެ ބާޒާރުގައި މަގުބޫލު "ލެކްނޯ" ބްރޭންޑުގެ ހަތަރު ކިރު ޕެކެޓު ގަނެގެން ހަފުތާއަކު 4000ރ. ލިބޭ ޕްރޮމޯޝަނެއް އެމްޔޫ ސްޓޯރުން ފަށައިފި އެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ބައިވެރިވުމަށްޓަކައި ލެކްނޯ ފުލް ކްރީމް އެއް ލީޓަރުގެ 4 ޕެކެޓު (ޝްރިންކް ޕެކް) ގަންނާށެވެ. ޕެކެޓުގައި ޕްރޮމޯޝަން ސްޓިކާ އިންތޯ ޔަގީންކުރާށެވެ. އެ ސްޓިކާ ކަހާލުމުން އޭގައިވާ ކިޔޫއާރު ކޯޑު ސްކޭން ކޮށްލުމަށްފަހު، ހުޅުވޭ ލިންކުގައިވާ މައުލޫމާތު ފުރިހަމަކޮށް ސަބްމިޓްކޮށްލާށެވެ.

ކޮންމެ ހަފުތާއަކު އެއްފަހަރު ގުރުއަތުން ނަސީބުވެރިއަކު ހޮވައި، 4,000 ރުފިޔާގެ ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ލިބޭނެ އެވެ. ނަސީބުވެރިޔާ ހޮވާނީ ގުރުއަތުންނެވެ.

ލެކްނޯ ކިރަކީ އެއްވެސް ކަހަލަ އާޓިފިޝަލް ކުލައެއް، ރަހައެއް ނުވަތަ ޕްރިޒަވޭޓިވްސްއެއް އެކުލެވިގެން ނުވާ، ސާފު ތާޒާ އުފެއްދުމެކެވެ.

މި ޕްރޮމޯޝަނަކީ ލެކްނޯގެ ކަސްޓަމަރުންނަށް ހެޔޮ އަގުގައި ފެންވަރު ރަނގަޅު ކިރު ފޯރުކޮށްދިނުމުގެ އިތުރުން، އެ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށް އެމްޔޫ ސްޓޯރުން ބުނެ އެވެ.