about 2 hours 0
ސުޕްރީމް ކޯޓުން ވަކިކުރި އަޒްމިރަލްދާ އާއި މަހާޒު: ދެ ފަނޑިޔާރުން ވަކިކުރީ ސުލޫކީ މައްސަލަތަކެއް ސާބިތުވާ ކަމަށް ކަނޑައަޅާފައި --- ފޮޓޯ
about 2 hours 0
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކިކުރިތާ 200 އަށް ވުރެ ގިނަ ދުވަސްވީއިރު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންދާ އެ ދެ ފަނޑިޔާރުންގެ މައްސަލަ ތަހުގީގު ނުކޮށް ބާއްވާފައި އޮތުމަށް ފަހު، ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ތައްޔާރުކުރި ރިޕޯޓު އެންމެ ފަހުން ހޯދައިފި އެވެ.
މައުލޫމާތު އެނގޭ ބައެއް މަސްދަރުތަކުން "އަދަދު" ނޫހަށް ބުނީ ޖޭއެސްސީން ތައްޔާރުކުރި ރިޕޯޓު ހޯދަން އޭސީސީން ހުށަހެޅުމުން، މީގެ މަހެއްހާ ދުވަސްކުރިން އެ ރިޕޯޓު އޭސީސީއަށް ފޮނުވާފައިވާ ކަމަށެވެ. މި މައްސަލައަކީ އޭސީސީން ފޮނުވި ސިޓީއަކާ ގުޅިގެން ޖޭއެސްސީން ބަލަން ފެށި މައްސަލައަކަށް ވީއިރު، ފަނޑިޔާރުން ވަކިކޮށް އެތައް ދުވަހެއް ވީއިރުވެސް ތަހުގީގު ނުނިމި އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ.
"ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ފެށީ އޭސީސީން ޖޭއެސްސީ އަށް ފޮނުވި ސިޓީއަކާ ގުޅިގެން. ނަމަވެސް ފަނޑިޔާރުން ވަކިކޮށް އެތައް ދުވަހެއް ވެގެން ދިޔައިރު ވެސް ކުރަމުން ދިޔަ އެ ތަހުގީގު ނުނިމި އޮތުމަކީ ހައިރާންވާންޖެހޭ ކަމެއް،" އަދަދު ނޫހާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް އައިޝަތު ސަމާ "އަދަދު" އަށް ވިދާޅުވީ އެ ދެ ފަނޑިޔާރުންގެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އޭނާ ދީފައެއް ނުވެ އެވެ.
އޭސީސީން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން އަޒްމިރާލްދާ އާއި މަހާޒްގެ މައްސަލަ ޖޭއެސްސީން ބަލައި އެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން އެ ދެ ބޭފުޅުން މަގާމުން ވަކިކުރި އެވެ. އެ ދެ ފަނޑިޔާރުންގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލަ ވެސް އޭރު ޖޭއެސްސީން ބެލި އެވެ. ނަމަވެސް ޖުޑިޝަރީއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެ ސުއޫދު ވަނީ އޭރު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
Comment