Advertisement

މޯލްޑިވިއަންއިން އޮސްޓްރޭލިއާގެ މެލްބަންއަށް ދަތުރުތައް ފަށަނީ

19 ޑިސެންބަރު 2025 - 13:28 1


މޯލްޑިވިއަންއިން އޮސްޓްރޭލިއާގެ މެލްބަންއަށް ދަތުރުތައް ފަށަނީ

19 ޑިސެންބަރު 2025 - 13:28 1

ގައުމީ އެއާލައިން، މޯލްޑިވިއަން އިން އޮސްޓްރޭލިއާއަށް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އެ އެއާލައިނުން ހާމަކޮށްފައިވާ ގޮތުގައި މި ދަތުރުތައް ކުރާނީ މާލެއިން އޮސްޓްރޭލިއާގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ މެލްބަންއަށެވެ. މިއީ ރާއްޖެ އާއި އޮސްޓްރޭލިއާ އާ ދެމެދު ޑައިރެކްޓު ފްލައިޓު ފަށާނެ ފުރަތަމަ ފަހަރެވެ.

މި ދަތުރުތަކަށް ބޭނުންކުރާނީ މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ އެއާބަސް އޭ330 މަރުކާގެ ބޯޓެވެ. ޗައިނާ، ސައުދީ އަރަބިއްޔާ އަދި އިންޑިއާއަށް އެ ބޯޓު ދަތުރުކުރެ އެވެ. އޭގެ އިތުރުން ބައެއް ޕްރޮމޯޝަނަލް ފްލައިޓުތައް ވެސް އެހެން ގައުމުތަކަށް ކުރި އެވެ.

މިއީ ލަގްޒަރީ އެސްކޭޕްސްއާ ގުޅިގެން ފަށާ ދަތުރުތަކެއް ކަމަށްވާއިރު އިތުރު ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ރާއްޖެ އަންނަ އޮސްޓްރޭލިއާ ރައްޔިތުންނަށް އޮން އެރައިވަލް ވިސާ ލިބޭއިރު އެ ގައުމަށް ދާ ދިވެހިން ދަތުރުކުރުމުގެ ކުރިން ވިސާ ނަގަން ޖެހެ އެވެ.