Advertisement

ހުލާސާކޮށް އިއްޔެ: ފައިސާ ދިނުން ފަސްކުރަމުން ގޮސް އާ ތާރީހު ރޯދަ މަހަށް

about 2 hours 0


ހުލާސާކޮށް އިއްޔެ: ފައިސާ ދިނުން ފަސްކުރަމުން ގޮސް އާ ތާރީހު ރޯދަ މަހަށް

about 2 hours 0

ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ތާރީހުތައް އެކި ފަހަރުމަތިން ބަދަލުކުރުމަށްފަހު، އެ ފައިސާ ދައްކާނެ އާ ތާރީހެއް ރައީސް މުހައްމަދު މުއިއްޒު އަނެއްކާވެސް ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ބުދަ ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، ވިޔަފާރިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ނުދެއްކި ހުރި ބިލްތައް ކަމަށެވެ. އެހެންކަމުން، "މި މަސް ނިމޭއިރަށް ވީހާވެސް ގިނަ ބިލްތަކެއް ކްލިއާ ކުރުމަށް" މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ކުންފުނިތަކަށް ފައިސާ ނުދެއްކި ހުރުމުގެ ސަބަބުން، ކުންފުނިތަކުން ދައްކަންޖެހޭ ޓެކްސްއަށް އެ ފައިސާ މުގާބިލުކޮށް (ސެޓް-އޯފް ކޮށް) ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"ދެންހުރި ފައިސާވެސް މި ދެންނެވިހެން، ފުދޭވަރެއްގެ ގިނަ ފަރާތްތަކަކަށް މިމަސް ނިމޭއިރަށް، ބާކީ މި އޮތް ފަނަރަވަރަކަށް ދުވަސް ތެރޭގައި، ދެ ހަފުތާއެއްހާ ދުވަސް މިއޮތީ، އިރާދަކުރެއްވިއްޔާ މި ބަލަނީ، ޕޭކޮށްލެވޭތޯ." އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އެންމެ ފަސްވެގެން ބާކީ ހުރި ފައިސާ ރޯދަމަހާ ހަމައަށް ދާއިރު ކްލިއާ ކޮށްލުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އަދި މިގޮތަށް ބިލްތައް ހަމަޖައްސާއިރު، މީރާއަށް ދައްކަން ހުރި ފައިސާއަށް ވެސް ހައްލެއް ލިބޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށް ވިދާޅުވިއެވެ.

މުހިއްމު ބައެއް ހަބަރު