Advertisement

ފާޑުކިޔުން އަމާޒުވުމުން 4000 ފްލެޓްގެ ކުއްޔާއި އެޑްވާންސް ފައިސާ ކުޑަކުރަން ނިންމައިފި

about 9 hours 0

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓުތައް


ފާޑުކިޔުން އަމާޒުވުމުން 4000 ފްލެޓްގެ ކުއްޔާއި އެޑްވާންސް ފައިސާ ކުޑަކުރަން ނިންމައިފި

about 9 hours 0

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4,000 ފްލެޓުގެ ކުއްޔާއި އެޑްވާންސް ފައިސާއަށް ބޮޑު ލުޔެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން އިއުލާން ކުރެއްވީ ހުޅުމާލޭ ފޭސް 2 ގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މިރޭގެ ބައްދަލުވުމުގައި ވާހަކަ ދެއްކި އަންހެނަކު ބުނީ އެމްޑީޕީގެ ސަރުކާރުން ފްލެޓުގެ މެއިންޓަނެންސް ފީއާއެކު ދެ ކޮޓަރީގެ ފްލެޓެއްގެ ކުއްޔަށް އޮތީ 5000ރ ކަމަށާއި ތިން ކޮޓަރިއަށް އޮތީ 7،000ރ ކަމަށެވެ.

އެހެންވެ، ހިޔާ ފްލެޓުތަކަށް ކުލި ކުޑަކުރި ފަދައިން 4000 ފްލެޓުގެ ކުލި ކުޑަކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް މިހާރު ކުއްޔަށް 7,000ރ. އަދި މެއިންޓެނަންސް ފީގެ ގޮތުގައި 1,000ރ. އާއެކު ޖުމްލަ 8,000ރ. އެވެ. އެޑްވާންސް އަށް 15000ރ. އެވެ. ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް 9,000ރ. އަދި މެއިންޓެނަންސް ފީގެ ގޮތުގައި 1,500ރ. އާއެކު ޖުމްލަ 10,500ރ ދައްކަންޖެހެ އެވެ.

"ދައުލަތުން ހިންގާ މިފަދަ ބޯހިިޔާވަހިކަމުގެ މަޝްރޫއުތައް، ހިންގަން ޖެހޭނީ ވީހާ ވެސް ބަޖެޓަށް ބުރަ ނުވާ ގޮތަށް، ދެމެހެއްޓެނިވި ގޮތަށް ކަމުގައިވާތީވެ، މި އަގުތައް ކަނޑައެޅީ،" ހައުސިން މިނިސްޓަރު އަބްދުﷲ މުއްތޮލިބު، ޖުލައި 25، 2025 ގައި ވިދާޅުވެފައިވެ އެވެ.

ނަމަވެސް، މުއިއްޒު ވަނީ އެފްޑީސީގެ ފްލެޓުތަކުގެ ކުއްޔަށް ގެނައި ބަދަލު އިއުލާނުކުރައްވައިފަ އެވެ.

ބައެއް މީހުން އެޑްވާންސް ފައިސާ ދައްކާފައި ވަނިކޮށް މުއިއްޒު އިއުލާނު ކުރެއްވީ ތިން ކޮޓަރީގެ އެޕާޓްމެންޓެއްގެ އެޑްވާންސް އަށް 8000ރ. އަދި މެއިންޓަނެންސް ފީއާއެކު މަހު ކުލި 10500ރ. އިން 10،000ރ އަށް ކަނޑައެޅުމަށެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމެންޓެއްގެ އެޑްވާންސް 15000ރ. އިން 7000ރ. އަށް ބަދަލުކޮށް، މެއިންޓެންސް ފީއާއެކު މަހު ކުލި 7000ރ. އަށް ކުޑަކޮށްފަ އެވެ.

ހިޔާ ފްލެޓްގެ ފިނިޝިން ފައިސާ އަނބުރާ ދިނުން

ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް ރައްޔިތުން އަމިއްލައަށް ކުރި ހަރަދު އަނބުރާ ދޭނެ ކަމަށް ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނު ވިދާޅުވި ގޮތަށް އެ ފައިސާ ދޭނެ ކަމަށެވެ.

އެ ފައިސާ ކުލިން އުނި ނުކޮށް ޖެހި މަޅިޔަކީ އެގްރީމެންޓުގެ މުއްދަތު ދިގު ދައްމައިލުން ކަމަށް ހިޔާލުފާޅުކުރި ބައެއް މީހުން މިރޭ ބުންޏެވެ.

އެ ދެ ލައްކަ ރުފިޔާ ވައުދުވި ގޮތަށް ދޭނެ ކަމަށް މުއިއްޒު މިރޭ ވިދާޅުވި އެވެ.

"200،000ރ ގެ ޑިސްކައުންޓެއް ދިނުމުގެ ކަންކަން އަޅުގަނޑު ދަންނަވާފައި އޮންނާނެ. އަޅުގަނޑު ދެންނެވި ގޮތަށް އެކަން ކުރުމަށްޓަކައި އަޅުގަނޑު އެޗްޑީސީގައި މިހާރު އޮންނާނީ ދަންނަވާފައި. އެހެންވީމަ ތި ބޭފުޅުންގެ އެގްރީމެންޓު ބަދަލުވެގެން ދާއިރު ތިޔަ ބޭފުޅުން ފާހަގަ ކުރެއްވި ކަންބޮޑުވުންތައް އެއީ އަޅުގަނޑު ބަލާނެ ކަންތައްތައް،" މުއިއްޒު ވިދާޅުވި އެވެ.