ކޯސްޓު ގާޑު އުޅަނދެއް ހަރަކާތްތެރިވަނީ
ގުޅީފަޅު ކައިރިން ކަނޑުމަތިން މަރުވެފައި އޮތް ބިދޭސީ ފިރިހެނަކު ފެނިއްޖެ އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި އެ މީހާގެ ހަށިގަނޑު ކަނޑުން ނަގައިގެން އައިޖީއެމްއެޗު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
"ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިފައިވާކަމުގެ މައުލޫމާތު 2025 ޑިސެންބަރު 18 ވަނަ ދުވަހުގެ 13:21 ހާއިރު ފުލުހުންނަށް ލިބިފައިވޭ. މަރުވެފައިވާ އޮއްވާ ފެނިފައިވާ މީހާއަކީ ކާކުކަން މިހާރުވަނީ ދެނެގަނެވިފައި," ފުލުހުން ބުންޏެވެ.
އެންމެ ފުރަތަމަ މީޑިއާތަކަށް ފޮނުވި މެސެޖުގައި ފުލުހުން ބުނީ ބެލެވޭ ގޮތުގައި އެއީ ބާޖަކުން މޫދަށް ވެއްޓުނު މީހެއް ކަމަށެވެ. ނަމަވެސް ފަހުން އެ މެސެޖު ޑިލީޓު ކުރުމަށް ފަހު އަލުން ފޮނުވި މެސެޖުގައި އެބައި ހިމަނާފައި ނުވެ އެވެ.
މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި މައުލޫމާތު ލިބޭ ވަރަކުން މައުލޫމާތު ހިއްސާކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ.
Comment