about 2 hours 0
ސާއިފް ޝިޔާދު
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ކުޑޫ. ޕެންޝަން ފަންޑަށް ހުށަހެޅި އިސްލާހުގެ ބިލު ބަލައިގަތުމަށް ވޯޓު ދިނުމަށް ޕީއެންސީން ބޭނުމެއް ނުވި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
about 2 hours 0
ދިގު މުއްދަތަކަށް ބޭސްކުރަން ޖެހޭ ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް ރިޓަޔަމަންޓު ޕެންޝަން ސްކީމުގައި ހުންނަ ފައިސާ ނެގޭނެ ގޮތް ހަދަން ގާނޫނު ބަދަލުކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެފަދަ ބިލެއް މަޖިލީހަށް އެމްޑީޕީއިން މަޖިލީހަށް ހުށަހެޅުމުން ޕީއެންސީގެ މެޖޯރިޓީން އެ ބިލު ބޭރުކޮށްލިކަން މަޖިލީހުގެ ރެކޯޑުތަކުން ދައްކައިފި އެވެ.
ސަރުކާރުން ޕެންޝަނާ ބެހޭ ގާނޫނަށް ބައެއް ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުންދާކަން މުއިއްޒު ހާމަކުރެއްވީ ގަލޮޅުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި އާންމުންގެ ތެރޭގައި އިންނެވި ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ އޮކްޓޯބަރު އަށެއްގަ އެވެ.
އެ ބިލުގެ އިބްތިދާއީ ބަހުސަށް ފަހު ބިލު މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އެހީ އޮކްޓޯބަރު 21، ގަ އެވެ. އެ ބިލު ބަލައިގަތުމަށް ވޯޓު ދިނީ ފަސް މެންބަރުންނެވެ. އެ ބިލު ބޭރުކޮށްލަން ޕީއެންސީއަށް ނިސްބަތްވާ 52 މެންބަރުން ވޯޓު ދެއްވި އެވެ.
އެއީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ)، ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު އަދި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު އެވެ.
'ގަލޮޅުގެ މަޖިލިސް މެންބަރު ލީ ބިލަކަށް ގަލޮޅު ރައްޔިތުންގެ ކުރިމަތީގައި އެހާ ބޮޑު އިތުރުފުޅެއް ހައްދަވާނެ ކަމަކަށް އަޅުގަނޑު ހީއެއް ނުކުރަން،" އެކަމާ ގުޅިގެން އަދަދު އަށް ކުޑޫ ވިދާޅުވި އެވެ.
ކުޑޫ ހިމެނޭހެން އެމްޑީޕީއަށް ނިސްބަތްވާ ހަ މެންބަރުންނަށް އެ ބިލުގެ ވޯޓުގައި ބައިވެރިނުވެވުނީ ޗެމްބަރުގައި ހާޒިރުވެ ނެތް ވަގުތެއްގައި ވޯޓު ނެގުމުން ކަމަށް އޭނާ މައުލޫމާތު ދިނެވެ.
ކުޑޫ ހުށަހެޅި ބިލުގައި ވެސް އޮތީ ޓާމިނަލް އިލްނެސްއެއް ނުވަތަ ދިގު މުއްދަތަކަށް ބޭސްކުރަން ޖެހޭ ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް ރިޓަޔަމަންޓު ޕެންޝަން ސްކީމުގައި ހުންނަ ފައިސާ ދޫކުރެވޭނެ ގޮތަށް ބަދަލުކުރުމަށެވެ.
ޕެންޝަނާ ބެހޭ ގާނޫނުގައި ބުނާ ގޮތުން އާންމުކޮށް ހުޅުވާލައިގެން ވިއްކާ ގެދޮރު ގަތުމަށްޓަކައި ބޭނުންވާ ޑައުންޕޭމަންޓު ދެއްކުމަށް އެ ފަންޑުގައި ހުންނަ ފައިސާ ބޭނުންކުރެވެ އެވެ.
ގެދޮރު ގަތުމުގެ އިތުރުން ހައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދެއްކުމަށް ވެސް އެ ފަންޑުގައި ހުންނަ ފައިސާ ބޭނުންކުރެވެ އެވެ. އެގޮތުން ދޫކުރަނީ އެ އަހަރަކު ހައްޖަށް ދިޔުމަށް ދައްކަން ޖެހޭ ރަސްމީ އަގުގެ 80 ޕަސެންޓަށް ވާ ފައިސާ އެވެ.
ރާއްޖޭގައި ޕެންޝަން ލިބޭ އުމުރަކީ 65 އަހަރެވެ. އެ އުމުރު ހަމަނުވާ ކޮންމެ މީހަކަށް ޕެންޝަން ދިނުމަށްޓަކައި ރިޓަޔަމަންޓު ޕެންޝަން ސްކީމުގައި ބައިވެރިކުރުމަކީ ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމު ކަމެކެވެ. އަދި އެ ސްކީމުގައި ބައިވެރިވުމަކީ ވަޒީފާ އަދާކުރާ ފަރާތްތަކުގެ މައްޗަށް ލާޒިމު ކަމެކެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment