Advertisement

ސައުދީ ލީގަށް އޭނާ ވިއްކާލަން ޔުނައިޓެޑުން އުޅުމުން ދެރަވި ކަމަށް ފެނާންޑޭސް ބުނެފި

about 3 hours 0


ސައުދީ ލީގަށް އޭނާ ވިއްކާލަން ޔުނައިޓެޑުން އުޅުމުން ދެރަވި ކަމަށް ފެނާންޑޭސް ބުނެފި

about 3 hours 0

ރިޔާދު، ސައުދީ އަރަބިއްޔާ (ޑިސެމްބަރު 17) - ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބަކަށް އޭނާ ވިއްކާލުމަށް މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ކުރުމުން އެކަމާ ދެރަވި ކަމަށް އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ބުނެފި އެވެ.

ޔުނައިޓެޑަށް މި ސީޒަނުގައި ޔޫރަޕްގެ ފުޓްބޯޅަ މުބާރާތަކުން ފުރުސަތު ނުލިބުމުން، ދިމާވާނެ މާލީ ދަތިތަކަށް ބަލައި، އެ ކްލަބްގެ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ޓްރާންސްފާ ލިސްޓުގައި ހިމެނުމާ އެކު، އެ ޓީމުގެ ކެޕްޓަން، ފެނާންޑޭސް، 31، އަށް، ސައުދީ ޕްރޯ ލީގުގެ އަލް ހިލާލުން ބޮޑު މުސާރައާ އެކު، އޮފާއެއް ލިބުނެވެ.ފެނާންޑޭސް، ވިއްކާ ކުޅުންތެރިންގެ ލިސްޓަށް ލުމާ އެކު، އޭނާ އަށް އަލް ހިލާލުން ވަނީ ބޮޑު ޑީލެއް ދީފަ އެވެ.

އަލް ހިލާލުން ވަނީ، ފެނާންޑޭސްގެ ސޮއި ހޯދަން، 100 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ. އެ ގޮތުން، ހިލާލުން ފެނާންޑޭސް އަށް ދޭ ކޮންޓްރެކްޓުން ސީޒަނެއްގައި އޭނާގެ އާމްދަނީ، 60 މިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު، އެ ޑީލަށް ފުރަގަސްދިނީ، 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަަލަށް ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ހުރި ފެނާންޑޭސް އެވެ.

"ކްލަބުން އަހަރެން ގާތުގައި، އަހަރެން ދިޔަ ކަމުގައި ވިޔަސް އެއީ މާ ބޮޑު ގެއްލުމެއް ނޫނޭ ބުނުމަކީ އަހަރެން ވަރަށް ދެރަވި ކަމެއް. އަހަރެން ދެރަވުމަށް ވުރެން ބޮޑަށް އަސަރު ވެސް ކުރި ކަމެއް. އަހަންނަކީ، ޔުނައިޓެޑަށް ދިން އެއްބާރުލުމަށް ބަލާނަަމަ، އެއްވެސް މީހަކަށް ފާޑުކިޔޭނެ ކުޅުންތެރިއެއް ނޫން. އަހަރެން އަބަދުވެސް ދިޔައީ އެންމެ ރަނގަޅު ކުޅުން ދައްކަން މަސައްކަތް ކުރަމުން،" ފެނާންޑޭސް ބުންޏެވެ.

މި ފަހަރުގެ ޓްރާންސްފާގައި ޔުނައިޓެޑް ދޫކޮށް ގޮސް ވަރަށް ބޮޑު އާމްދަނީއެއް ހޯދުމުގެ ފުރުސަތު އޭނާ އަށް އޮތް ކަމަށާއި އެހެން ކްލަބަކަށް ގޮސް ތަށިތަކެއް ހޯދުމުގެ ފުރުސަތު އޮތް ނަމަވެސް އެކަން ނުކުރި ސަބަބަކީ ޔުނައިޓެޑަށް އޮތް ލޯތްބެއްގެ ބޮޑު ކަމުން ކަމަށް ފެނާންޑޭސް ވަނީ ބުނެފަ އެވެ.

ސްޕޯޓިން ލިޒްބަންގެ ކުރީގެ ކެޕްޓަން، ފެނާންޑޭސް، ޔުނައިޓެޑާ ގުޅުނީ، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އެއީ 80 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. އޭނާ ވަނީ، ފުރަތަމަ ފަހަރަށް 2022 ވަނަ އަހަރު ޔުނައިޓެޑާ އެކު އާ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ ކޮންޓްރެކްޓް އޮތީ، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ފެނާންޑޭސް، ޔުނައިޓެޑް ދޫކޮށްލަން އުޅޭ ކަމުގެ ވާހަަކަތަކެއް ދެކެވެން ފެށުމާ އެކު، އެ ކްލަބުން މީގެ ހަތް މަސް ކުރިން ވަނީ ފެނާންޑޭސްގެ ކޮންޓްރެކްޓް، 2027 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އާ ކޮށްފަ އެވެ.

ފެނާންޑޭސް ވަނީ ޔުނައިޓެޑަށް ކުޅެދިން، 307 މެޗުން 103 ލަނޑު ޖަހައި، 93 ލަނޑު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ.