Advertisement

ކެރިކަކީ މިދިޔަ 10 އަހަރުތެރޭ ޔުނައިޓެޑުގެ އެންމެ ރަނގަޅު ކޯޗު: ބެކަމް

about 2 hours 0


ކެރިކަކީ މިދިޔަ 10 އަހަރުތެރޭ ޔުނައިޓެޑުގެ އެންމެ ރަނގަޅު ކޯޗު: ބެކަމް

about 2 hours 0

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (މާޗް 30) - މި ވަގުތު ވަގުތީ ކޮންޓްރެކްޓެއްގައި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަކީ މިދިޔަ 10 އަހަރު ތެރޭ އެ ޓީމާ ހަވާލުވި އެންމެ ރަނގަޅު ކޯޗު ކަމަށް ޔުނައިޓެޑްގެ ކުރީގެ ތަރި، ޑޭވިޑް ބެކަމް ބުނެފި އެވެ.

މި ސީޒަނުގެ ނިޔަލަށް ކެރިކާ ޔުނައިޓެޑްގެ ކޯޗުކަން ހަވާލުކުރި ފަހުން، 75 ދުވަސް ތެރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު 10 މެޗުން ހަތް މެޗު މޮޅުވިއިރު، ދެ މެޗުން އެއްވަރުވެ، އެއް މެޗުން ވަނީ ބަލިވެފަ އެވެ. މިއީ، ކެރިކްގެ ކުރިން އެންމެ ފަހުން، ޔުނައިޓެޑާ ހަވާލުވެހުރި ރުބެން އަމޮރިމް ހުރިއިރު، ލީގުގައި ޔުނައިޓެޑުން ނެރުނު ނަތީޖާތަކަށް ވުރެން ވަރަށް ރަނގަޅު ކުރިއެރުމެކެވެ.

އަމޮރިމްގެ އިރުޝާދުގެ ދަށުން ލީގުގައި ޔުނައިޓެޑުން ކުޅުނު 20 މެޗުން، އަށް މެޗުން މޮޅުވެ، ހަތް މެޗު އެއްވަރުވިއިރު، ހަ މެޗުން ވަނީ ބަލިވެފަ އެވެ.

"ޔަގީންކަމެއް މިދިޔަ ދެ ވަރަކަށް މަސް މިދިޔައީ ވަރަށް ހަމަޖެހިލައިގެން (ޔުނައިޓެޑްގެ ކަންކަން) މިދިޔަ 10 އަހަރަށް ވުރެން، އެއީ ހަގީގަތް،" އިންޓަ މިއާމީގެ އެއް ހިއްސާދާރު، ބެކަމް ބުންޏެވެ.

"ވަރަށް އުނދަގޫތަކެއް ކުރިމަތިވި މިދިޔަ އަހަރުތަކުގައި ޔުނައިޓެޑަށް، ދެން، ހަގީގަތުގައި މައިކަލް (ކެރިކް) އަކީ މި ކްލަބްގެ ސަގާފަތާއި ތަޖުރިބާ ދަންނަ މީހެއް. ހަމަޖެހިލައިގެން މަސައްކަތްކުރަން އެނގޭ. އޭނަ އަށް އެނގޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅެން ޖެހޭ ގޮތް، ކަންކަން ކުރަންޖެހޭ ގޮތް،"

ޔުނައިޓެޑުން ކެރިކަށް ދާއިމީ ކޮންޓްރެކްޓެއް ދިނުމާ މެދު މަޝްވަރާތަކެއް ކުރިއަށްދާއިރު، އެ ކްލަބުން އަންނަނީ އިތުރު ކޯޗުންނާ ވެސް ވާހަަަކަ ދައްކަމުންނެވެ.

މިދިޔަ 10 ވަރަކަށް އަހަރަށް ބަލާއިރު، ޔުނައިޓެޑާ ހަވާލުވި ކޯޗުންނަކީ، ލުއީ ވެން ހާލް، ހޯސޭ މޮރީނިއޯ، އޮލެ ގުނަ ސޯލްޝެއާ އަދި އެރިކް ޓެން ހާގްގެ އިތުރުން، ވަގުތީ ކޯޗަކަށް ކެރިކް އެވެ.