Advertisement

ފީފާ އިން ހޮވި މޮޅު ކުޅުންތެރިޔާ އަށް ދޭ ބެސްޓް އެވޯޑް ވެސް ޑެމްބެލޭ އަށް

about 2 hours 0


ފީފާ އިން ހޮވި މޮޅު ކުޅުންތެރިޔާ އަށް ދޭ ބެސްޓް އެވޯޑް ވެސް ޑެމްބެލޭ އަށް

about 2 hours 0

ދޯހާ، ގަތަރު (ޑިސެމްބަރު 17) - ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުުޅުންތެރިޔާ އަށް ދޭ ފީފާ ބެސްޓް އެވޯޑްސް، ޕީއެސްޖީ އަށް ކުޅޭ ފްރާންސްގެ ފޯވާޑް، އޮސްމާން ޑެމްބެލޭ އަށް ލިބިއްޖެ އެވެ.

ފްރާންސް ފުޓްބޯލް އިން ހޮވި މިދިޔަ ސީޒަނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ވެސް ލިބިފައިވަނީ ޑެމްބެލޭ އަށެވެ. ބެލޮންޑިއޯ އެވޯޑްގެ ދެ ވަނަ އަށް ދިޔައިރު، ތިން ވަނަ އަކީ ޕީއެސްޖީގެ ވިޓީނިއާ އެވެ.

ފީފާ ބެސްޓް އެވޯޑްސްގައި، ޑެމްބެލޭއާ ވާދަކުރީ ރެއާލް މެޑްރިޑްގެ ކީލިއަން އެމްބާޕޭ އާއި ޔަމާލް އެވެ.

ކުރިން ބާސެލޯނާ އާއި ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅުނު ޑެމްބެލޭ، 28، އަކީ މިދިޔަ ސީޒަނުގައި ޕީއެސްޖީގެ ކާމިޔާބީގައި މުހިންމު ކުޅުންތެރިއެކެވެ.

ޕީއެސްޖީން ފްރާންސްގެ ތިން މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން، އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދި ސީޒަނުގައި ޑެމްބެލޭ ވަނީ، 53 މެޗުން 35 ގޯލު ޖަހައި، 14 ލަނޑު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ. ފްރެންޗް ލީގުގައި އެކަނި 21 ލަނޑު ޖެހި އެެވެ.


މި ފަހަރުގެ ޑްރީމް ޓީމުގައި ހިމެނެނީ، ޕީއެސްޖީ އަށް މިދިޔަ ސީޒަނުގައި ކުޅެ، މެންޗެސްޓާ ސިޓީ އަށް ބަދަލުވެފައިވާ، އިޓަލީގެ ޖިއަންލުއީޖީ ޑޮނަރުންމާ، ޕީއެސްޖީގެ އަޝްރަފް ހަކީމީ، ވިލިއަން ޕަޗޯ، ވިޓީނިއާ، ޑެމްބެލޭ އަދި ނޫނޯ މެންޑޭޒް، ލިވަޕޫލްގެ ވާޖިލް ވެން ޑައިކް، ޗެލްސީގެ ކޯލް ޕާމާ، ބާސެލޯނާގެ ޕެޑްރީ އާއި ލަމީން ޔަމާލް އަދި، ރެއާލް މެޑްރިޑްގެ ޖޫޑް ބެލިންހަމް އެވެ.

އެންމެ މޮޅު ކޯޗަކީ، ޕީއެސްޖީގެ ލުއިސް އެންރީކޭ އެވެ. އެންމެ މޮޅު ގޯލްކީޕަރަކީ ޑޮނަރުންމާ އެވެ. އަދި، އެންމެ މޮޅު ގޯލަށް ދޭ ޕުސްކަސް އެވޯޑް ލިބުނީ، އިންޑިޕެންޑިއެންޓޭގެ ސަންޓިއާގޯ މޮންޓިއެލް ޖެހި އޯވަހެޑް ކިކް އެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ޖެހިޖެހިގެން ތިން ވަނަ އަހަރު ހޯދީ ސްޕެއިނުގެ އައިޓާނާ ބޮންމާޓީ އެވެ.