about 1 hour 0
ލީވާން އަލީ ނާސިރު
އަޕަކަޓު ޑިލަކްސްގެ ބައެއް އުފެއްދުންތައް
about 1 hour 0
ދިވެހި ޒުވާނުންގެ މެދުގައި އިސްތަށިގަނޑު ސްޓައިލް ކުރުމުގެ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި، ފިރިހެނުންގެ ގްރޫމިންއަށް އިންގިލާބީ ބަދަލެއް ގެނުވާނެ އުފެއްދުމެއް ކަމުގައިވާ، އޮސްޓްރޭލިއާގެ އެންމެ މަގުބޫލު އެއް ބްރޭންޑް ކަމަށްވާ "އަޕަކަޓް ޑިލަކްސް"ގެ ޕްރީމިއަމް އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި އެވެ.
މިއީ ހަމައެކަނި އިސްތަށިގަނޑުގައި ހާކާލާ އާދައިގެ ކްރީމެއް، ޖެލްއެއް ނުވަތަ ވެކްސްއެއް ނޫނެވެ. މިއީ، 1950 ގެ އަހަރުތަކުގެ ބާބަޝޮޕް ސްޓައިލްތަކުން އިންސްޕަޔާ ވެގެން އުފައްދާފައިވާ ފެންވަރު ރަނގަޅު އަދި މަތީ ފަންތީގެ އުފެއްދުންތައް ބޭނުންކުރަން ޝައުގުވެރިވާ ދިވެހި ޒުވާނުންނަށް ކަމުދާނެ އުފެއްދުމެކެވެ.
"އަޕަކަޓް ޑިލަކްސް" އަމާޒަކީ ކޮންމެ ފިރިހެނަކަށް ވެސް ފަސޭހައިން އަމިއްލަ ސްޓައިލް ދެމެހެއްޓޭނެ ފަދަ އުފެއްދުންތަކެއް ބާޒާރަށް ނެރުމެވެ.
މޭން އެންޑް ޑަސްޓު ސެލޫން
މި އުފެއްދުން ރާއްޖެއަށް އެތެރެކޮށް ވިއްކަނީ ދާދި ފަހުން މާލޭގައި ހުޅުވި، ފިރިހެނުންނަށް ހާއްސަ ސެލޫން "މޭން އެންޑް ޑަސްޓު" އިންނެވެ.
"މިއީ ތަފާތު އެކި ވައްތަރުގެ އިސްތަށިގަނޑު ހުންނަ މީހުންނަށް އެމީހަކު ބޭނުންވާ ކޮންމެ ސްޓައިލެއް ފަސޭހަކަމާއެކު ދެމެހެއްޓުމުގެ ފުރުސަތު ފަހިވެގެންދާނެ ފެންވަރު ރަނގަޅު އުފެއްދުމެއް،" ސެލޫންގެ މެނޭޖަރު ބުންޏެވެ.
"ފެންވަރު ރަނގަޅު އަދި އިސްތަށިގަނޑަށް ގެއްލުން ނުވާނެ ގޮތަށް ތައްޔާރުކޮށްފައިވާ މިފަދަ ބްރޭންޑެއް ރާއްޖެއިން ލިބެން ފެށުމަކީ، ރީތިކޮށް ހުންނަން ލޯބިކުރާ ދިވެހި ފިރިހެނުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް."
މި ބްރޭންޑުގެ އުފެއްދުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ "ޑިލަކްސް ޕޮމޭޑް" އެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ އުފެއްދުމެކެވެ. މީގެ އެންމެ ހާއްސަ ސިފަޔަކީ ވަރުގަދަ އަށް ހަރުވުމުގެ އިތުރުން، އާދައިގެ ޝޭމްޕޫއަކުން ފަސޭހައިން ދޮވެލެވޭ އުފެއްދުމަކަށް ވުމެވެ.
މި ބްރޭންޑުގައި ހެއާ ސްޓައިލްކުރުމަށާއި ބޯ ދޮވުމަށާއި ތުނބުޅި ޒީނަތްތެރިކުރަން ބޭނުންކުރާ އުފެއްދުންތައް ހިމެނެ އެވެ.
Comment