Advertisement

ލެކްނޯ ހިކި ކިރު ޕެކެޓެއް ގަނެގެން 10،000ރ. ހޯދުމުގެ ފުރުސަތު

6 ޑިސެންބަރު 2025 - 14:49 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ލެކްނޯ ހިކި ކިރު ޕެކެޓެއް ގަނެގެން 10،000ރ. ހޯދުމުގެ ފުރުސަތު

6 ޑިސެންބަރު 2025 - 14:49 0

އެމްޔޫ ސްޓޯރުން ކުރިއަށްގެންދާ ލެކްނޯ މިލް ޕައުޑާ އިޔާ އެންޑް ޕްރޮމޯގެ ދަށުން ލެކްނޯ ހިކި ކިރު ޕެކެއްޓެއް ގަނެގެން 10،000ރ. ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޔޫ ސްޓޯރުން ބުނީ ލެކްނޯ ހިކި ކިރު ޕެކެޓު ގަނެގެން އޭގައިވާ ޕްރޮމޯ ސްޓިކާ ކަހާލައި، ކިއުއާރްކޯޑު ސްކޭން ކޮށްގެން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.

މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ދަށުން ކިއުއާރް ކޯޑު ސްކޭންކޮށްގެން ފުރަން ޖެހޭނީ ފުރިހަމަ ނަމާއި، އައިޑީކާޑު ނަންބަރު އަދި ފޯނު ނަންބަރެވެ.

ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު ވެސް ތަފާތު އިނާމުތައް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ލެކްނޯ ގިފްޓް ހެމްޕާސް ހިމެނެ އެވެ.

ލެކްނޯގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކޮށް މާކެޓްކުރަނީ ފުޅާ ދާއިރާއެއްގައި ހޯލްސޭލް ވިޔަފާރި ކުރަމުންދާ އެމްޔޫ ސްޓޯރުންނެވެ.