Advertisement

އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގު: ސާލިޔާގެ ހަތަރު ގޯލާ އެކު ޓީސީ އަތުން އޮޑި އަށް ބޮޑު މޮޅެއް

about 1 hour 0


އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގު: ސާލިޔާގެ ހަތަރު ގޯލާ އެކު ޓީސީ އަތުން އޮޑި އަށް ބޮޑު މޮޅެއް

about 1 hour 0

އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް، 7-0 ގެ ބޮޑު ތަފާތަކުން ބަލިކޮށް އޮޑި ސްޕޯޓްސް ކްލަބުން މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

މެޗުގައި، އޮޑީގެ ކެޕްޓަން، ފާތިމަތު ސާލިޔާ ވަނީ ހަަތަރު ލަނޑު ޖަހައި، މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެެވެ.

ޖުމްލަ އެކު، ހަ ޓީމުން ވާދަކުރާ މި ލީގުގައި އޮޑިން ކުޅުނު ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ވަނީ އެއްވަރުވެފަ އެވެ. އަދި، ޓީސީން ކުޅުނު ފުރަތަމަ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން ބަލިވީ 6-0 އިންނެވެ.

ހެންވޭރު ދަނޑުގައި މިއަދު ކުޅުނު މެޗުގައި، އޮޑިން ފުރަތަަމަ ހާފުގައި ވަނީ ފަސް ގޯލު ޖަހައި، މެޗުގެ ފުރިހަމަ ކޮންޓްރޯލް ނަގައިފަ އެވެ.

މެޗުގެ ފަސް ވަަނަ މިނިޓްގައި އޮޑީގެ ކެޕްޓަން، ފާތިމަތު ސާލިޔާ އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހިިއިރު، އޭގެ ހަތަރު މިނިޓް ފަހުން ފަރާ އަހުމަދު ވަނީ އޮޑި އަށް ލީޑުފުޅާކޮށްދީފަ އެވެ. މެޗުގެ 17 ވަނަ މިނިޓްގައި އޮޑީގެ އައިޝަތު އަލްތާފް މުހައްމަދު ވަނީ، އެ ޓީމަށް ތިން ވަނަ ލަނޑު ޖަަހައިދީފަ އެވެ.

އޮޑިން ފުރަތަމަ ހާފުގައި ޖެހި އަނެއް ދެ ލަނޑު ކާމިޔާބުކުރީ ޕެނަލްޓީންނެވެ. އެ ގޮތުން، އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ 29 ވަނަ މިނިޓްގައި، ޕެނަލްޓީ އަކުން ސާލިޔާ އެވެ. އަދި، އިތުރު ވަގުތުގެ ތެރޭގައި، އަނެއް ޕެނަލްޓީ ވައްދާލީ ފާތިމަތު އިނާޝާ އާދަމް އެވެ.

ދެ ވަނަ ހާފުގައި ސާލިޔާ ވަނީ އިތުރު ދެ ގޯލު އޮޑި އަށް ކާމިޔާބުކޮށްދީފަ އެވެ. މެޗުގައި ސާލިޔާ ވަނީ، ޖުމްލަ އެކު ހަތަރު ލަނޑު ޖަހައިފަަ އެވެ.

ފުރަތަމަ ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު، އޮޑިން ތާވަލުގެ ކުރީގައި އޮތްއިރު، ޓީސީ ފުލުގައި އޮތީ ކުޅުނު ދެ މެޗުން ވެސް ބޮޑު ތަފާތަކުން ވެސް ބަލިވުމުންނެވެ.

ވިމެންސް ފުޓްބޯލް ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅޭނީ ވިކްޓަރީއާ އެވެ.