Advertisement

ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީން ފަންޑްރެއިޒިން ގާލާ ޑިނާއެއް ބާއްވައިފި

2 ޑިސެންބަރު 2025 - 18:47 0

ރޭ ތައާރަފުކުރި ޕޭޝަންޓް ކެއާ އެވޯޑު، ޑރ. ނާއިލާއަށް އަރުވަނީ -- ފޮޓޯ: ހެލްތު މިނިސްޓްރީ


ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީން ފަންޑްރެއިޒިން ގާލާ ޑިނާއެއް ބާއްވައިފި

2 ޑިސެންބަރު 2025 - 18:47 0

ދަރިމައިވުމުގެ މައްސަލަތައް ހުންނަ މީހުންނަށް އެހީތެރިވަށް މަސައްކަތް ކުރާ ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީ (އެފްއެސްސީ) ގެ ދެވަނަ ފަންޑްރެއިޒިން ގާލާ ޑިނާ ބާއްވައިފި އެވެ.

އެފްއެސްސީގެ ފަންޑްރެއިޒިން ގާލާ ޑިނާ ބާއްވާފައި ވަނީ ރޭ މީރުމާ ހޯލުގަ އެވެ. އެ ހަފުލާގެ ތެރެއިން އެ ޖަމިއްޔާގެ ދެވަނަ ޕްރޮޖެކްޓުގެ ގޮތުގައި ޕޭޝަންޓް ކެއާ އެވޯޑްސް މޯލްޑިވްސްގެ ނަމުގައި ވަނީ އެވޯޑަކާއި މެގެޒިންއެއް ވެސް ތައާރަފުކޮށްފަ އެވެ.

ޕޭޝަންޓް ކެއާ އެވޯޑު ތައާރަފުކޮށްދެއްވީ ރޭގެ ޝަރަފުވެރި މެހެމާނު، ހެލްތު މިނިސްޓަރު، އަބްދުالله ނާޒިމް އިބްރާހިމް އެވެ. ޕޭޝަންޓް ކެއާ އެވޯޑު ރޭ ލިބުނީ ރާއްޖޭގެ ފުރަތަމަ އަންހެނުންގެ ހާއްސަ ޑޮކްޓަރު، ނާއިލާ އަށެވެ. ނާއިލާއަކީ ސިއްހީ އެކި ކަންކަމާ ބެހޭގޮތުން މައުލޫމާތު ފެތުރުމާއި އެކި މަސައްކަތްތައް ކުރާ ޖަމިއްޔާ، ސޮސައިޓީ އޮފް ހެލްތު އެޑިއުކޭޝަން (ޝީ) ގެ ކޯފައުންޑަރެއް ވެސްމެ އެވެ.

އެ ހަފުލާގެ ތެރެއިން ރޭ އެފްއެސްސީން ވަނީ އިންޑިއާގެ މިލާން ސްޕެޝަލިޓީ ހޮސްޕިޓަލްސް އާއެކު ފަހުމުނާމާއެއްގައި ވެސް ސޮއިކޮށްފަ އެވެ. އެ ފަހުމުނާމާގެ ދަށުން އަންނަ އަހަރު ދިވެހި އެއް އާއިލާއަށް އެ ހޮސްޕިޓަލުން އައިވީއެފް ހެދުމުގެ ފުރުސަތު ލިބޭނެ އެވެ.

އެފްއެސްސީގެ ފަންޑްރެއިޒިން ގާލާ ޑިނާ ބާއްވާފައި މި ވަނީ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު އެވެ. އެފްއެސްސީ އަކީ ދަރިމައިވުމުގެ ދަތިތައް ނުވަތަ މައްސަލަތައް ހުންނަ ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ރާއްޖޭގައި ފުރަތަމަ އުފެއްދި ޖަމިއްޔާ އެވެ. 2021 ވަނަ އަހަރު ރެޖިސްޓްރީކުރި އެފްއެސްސީގައި މިއަދާ ހަމައަށް 460 މެންބަރުން އެބަ ތިއްބެވެ.