30 ނޮވެންބަރު 2025 - 08:45 1
އަހުމަދު އާއިދު
ޑރ. ސަނީ އުމަރު: ތުހުމަތުތައް ފެންމަތިވުމުން އޭނާ ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާ ކަމަށް ވަނީ އަޑު ފެތުރިފަ ----
30 ނޮވެންބަރު 2025 - 08:45 1
މޯލްޑިވްސް ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާގެ ހަބަރުތައް ގެނެސްދޭ އަދި ޓްރެވަލް އެޖެންސީއެއް ހިންގުމުގައި އިސްކޮށް މަސައްކަތް ކުރާ ޑރ. ސަނީ އުމަރުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތައް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ޕީއާރު ފާމު "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް" ކުންފުނީގެ ހިއްސާ އޮންނަ ސަނީގެ މައްޗަށް ތުހުމަތުކުރެވެނީ އޭނާގެ އަންހެނުންގެ އާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަދި ސޯޝަލް މީޑިއާގައި އަޑު ފެތުރިފައިވާ ގޮތުގައި ސަނީ ޖިންސީ ގޯނާ ކުރީ ދެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކަށެވެ.
މީގެތެރެއިން ފިރިހެން ކުއްޖާ އަދި އެއް އަންހެން ކުއްޖަކަށް 18 އަހަރު ނުވާއިރު ދެން ހުރި ކުއްޖާއަށް އޭނާ ޖިންސީ ގޯނާ ކުރީ އުމުރުން 18 އަހަރު ނުވަނީސް ކަމަށް އަޑުފެތުރިފައިވެ އެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ފުލުހުން ބުނީ މިފަދަ މައްސަލައެއް މިހާތަނަށް އެ މުއައްސަސާއަށް ހުށަހެޅިފައި ނުވާ ކަމަށެވެ. ނަމަވެސް، މި ތުހުމަތުތައް ފުލުހުންގެ ސަމާލުކަމަށް އައުމުން އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް އިއްޔެ ހެނދުނު އާއިލާގެ ފަރާތުން ފުލުހަށް ރަސްމީކޮށް ހުށަހަޅާފައިވެ އެވެ. އެ މައްސަލަ މިހާރު ޕޮލިހުގައި ރަޖިސްޓްރީ ވަނީ ރަޖިސްޓްރީ ވެސް ކޮށްފަ އެެވެ.
ރިޕޯޓުތައް ބުނާ ގޮތުން ސަނީ ވަނީ ޖިންސީ ގޯނާގެ ކުށަށް އިއުތިރާފުވެ، މައްސަލަ ފެންމަތިވުމާއެކު ރާއްޖެ ދޫކޮށް ފުރައިފަ އެވެ. އޭނަ ފުރައިގެން ދިޔައީ އަވައްޓެރި އިންޑިއާއަށް ކަމަށް ސޯޝަލް މީޑިއާގައި އަޑުފެތުރިފައިވެ އެވެ.
މި ތުހުމަތުތަކާއެކު އޭނާ އިސްކޮށް ހުރެ ހިންގި ޓްރެވަލް ގައިސް އިން ވަނީ ސަނީގެ އަތުން ކުންފުނީގެ ހިއްސާތައް އަތުލައި އޭނާ ކުންފުނިން ވަކިކުރަން ނިންމައިފަ އެވެ. އިއްޔެ ނެރުނު ބަޔާނެއްގައި އެ ކުންފުނިން ބުނީ ގޯނާ އަދި ނާޖާއިޒް ފައިދާ ނެގުމުގެ ތުހުމަތުތަކަކީ އެ ކުންފުނިން ކުށްވެރިކުރާ އަދި ސީރިއަސްކޮށް ނަގާ މައްސަލައެއް ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment