Advertisement

އަނެއްކާ ވެސް މުއިއްޒު އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ

29 ނޮވެންބަރު 2025 - 20:17 0


އަނެއްކާ ވެސް މުއިއްޒު އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ

29 ނޮވެންބަރު 2025 - 20:17 0

މި އަހަރުގެ ތެރޭ އިނގިރޭސިވިލާތަށް ކުރައްވާ ތިންވަނަ ދަތުރުގައި ރައީސް މުހައްމަދު މުއިއްޒު އެ ގައުމަށް މާދަމާ ވަޑައިގަންނަވާނެ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

އިތުބާރު ހުރި މަސްދަރުތަކުން އަދަދު އަށް ކަށަވަރުކޮށްދިން ގޮތުގައި މިރޭގެ ވަގުތެއްގައި މުއިއްޒު ފުރާވަޑައިގަންނަވާނެ އެވެ. މިއީ ނުރަސްމީ ދަތުރެކެވެ.

މިއީ ވެރިކަމާ ހަވާލުވުމަށްފަހު އެ ގައުމަށް މުއިއްޒު ކުރައްވާ ފަސްވަނަ ދަތުރެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެސް ނުރަސްމީ ދަތުރެއްގައި މުއިއްޒު އިނގިރޭސިވިލާތަށް ވަޑައިގެންނެވި އެވެ. މި އަހަރުގެ އެޕްރީލް މަހާއި ޖުލައި މަހުގެ ތެރޭގައި ވެސް މުއިއްޒު އެ ގައުމަށް ވަޑައިގެންނެވި އެވެ.

އެޕްރީލް މަހު އިނގިރޭސިވިލާތަށް މުއިއްޒު ދަތުރެއްކުރެއްވީ ލިވަޕޫލް ފުޓްބޯޅަ ކްލަބްގެ ރަސްމީ ޓޫރިސްޓު މަންޒިލަކަށް ރާއްޖެ ހަމަޖައްސާ އެ ކްލަބާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަށް ފެށުމަށެވެ.

ޖުލައި މަހު އިނގިރޭސިވިލާތަށް މުއިއްޒު ވަޑައިގަތީ ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތެރިކަން މާކެޓު ކުރާ ސަރުކާރުގެ ބްރޭންޑެއް އިފްތިތާހުކުރުމަށެވެ.

މީގެ ތެރެއިން ގިނަ ދަތުރުތަކުގައި ރާއްޖެއަށް މަންފާވާނެ މާ ގިނަ ކަންކަމެއްގެ ނަތީޖާ ނެރެވިފައެއް ނުވެ އެވެ.