Advertisement

ހަނގުރާމަ ހުއްޓާލަން އެއްބަސްވި އިސްރޭލުން އިސްވެ ހަމަލާދީ، ހިޒްބުﷲގެ އޮފިޝަލަކު އަވަހާރަކޮށްލައިފި

25 ނޮވެންބަރު 2025 - 08:18 1

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

2022 ވަނަ އަހަރު އިޒްރޭލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ އިމާރާތެއް ބިމާ ހަމަވެފައި


ހަނގުރާމަ ހުއްޓާލަން އެއްބަސްވި އިސްރޭލުން އިސްވެ ހަމަލާދީ، ހިޒްބުﷲގެ އޮފިޝަލަކު އަވަހާރަކޮށްލައިފި

25 ނޮވެންބަރު 2025 - 08:18 1

ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނު ސަރަހައްދަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ހިޒްބުﷲގެ އިސް މެމްބަރަކު އަވަހާރަކޮށްލައިފި އެވެ. މި ހަމަލާ ދީފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮއްވަ އެވެ.

އިސްރޭލާއި ފަލަސްތީނުގެ ހަނގުރާމަ ހުއްޓާލަން އެއްބަސްވުމެއް އެކުލަވާލީ އެމެރިކާއާއި ފަރަންސޭސިވިލާތް އިސްނަގައިގެން ކުރި މަސައްކަތުން މިދިޔަ ނޮވެންބަރު މަހު އެވެ. މި އެއްބަސްވުން އޮތްނަމަވެސް އިސްރޭލުން ވަނީ ހިޒްބުﷲ އާ ގުޅުންހުރި ކަމަށް ބުނާ މީހުންނާއި ތަންތަނަށް ދޭ ހަމަލާތައް އިތުރުކޮށްފަ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، ހިޒްބުﷲ ޗީފް އޮފް ސްޓާފް ހައިޒަމް އަލީ އަލް-ތަބްތަބާއި އަކީ އެ ޖަމާއަތުގެ ތަޖުރިބާކާރު މެމްބަރެއްގެ އިތުރުން، އެ ޖަމާއަތުގެ އެތައް އިސް މަގާމުތަކެއް ފުރާފައިވާ ބޭފުޅެކެވެ.

ލުބުނާނުގެ ސިއްހީ ވުޒާރާއިން ބުނި ގޮތުގައި، ގިނަބަޔަކު ދިރިއުޅޭ ދާހިޔާ ޑިސްޓްރިކްޓްގައި ހުރި އެޕާޓްމަންޓް އިމާރާތަކަށް ދިން މި ހަމަލާގައި މަދުވެގެން ފަސް މީހުން މަރުވެ، 28 މީހުން ޒަހަމުވެފައި ވެ އެވެ.

ތަބްތަބާއީ މަރުވިކަން ކަށަވަރުކޮށްދެމުން ބުނީ، ހިޒްބުﷲ އިން ބުނީ މި ހަމަލާ ދިނުމަކީ އިޒްރޭލުން "ރަތް ރޮނގު ހުރަސްކުރުން" ކަމަށެވެ.

މިއީ އިޒްރޭލުން ބެއިރޫތުގެ ދެކުނަށް ދިން ފުރަތަމަ ހަމަލާއެވެ.

އިޒްރޭލުގެ އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި، ހިޒްބުﷲ އިން އަންނަނީ އަސްކަރީ ގާބިލުކަން އަލުން ބިނާކުރުމަށް މަސައްކަތްކުރަމުންނެވެ. މިގޮތުން ލުބުނާނަށް ހަތިޔާރު އެތެރެކޮށް، ޑްރޯން އުފެއްދުން އިތުރުކުރަމުންދާ ކަމަށް އިސްރޭލުން ތުހުމަތުކުރެ އެވެ.

ހަމަލާގެ ފަހުން ނެރުނު ބަޔާނެއްގައި، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ އޭނާގެ ވެރިކަމުގައި ހިޒްބުﷲ އަލުން ކުރީގެ ބާރު ބިނާކުރަން ފުރުސަތު ނުދޭނޭ ކަމަށެވެ. ހިޒްބުﷲ ގެ އަސްކަރީ ގާބިލުކަން އިތުރުވުމަކީ އިޒްރޭލަށް އޮތް ނުރައްކަލެއް ކަމަށް ނަތަންޔާހޫގެ ބަޔާނުގައި ބުންޏެވެ.

ލުބުނާނުގެ ސަރުކާރުން ވަނީ ހިޒްބުﷲގެ ހަތިޔާރު ނައްތާލުމަށް ވައުދުވެފަ އެވެ. ނަމަވެސް އެ ޖަމާއަތުން ވަނީ އިޒްރޭލުން ހަމަލާތައް ހުއްޓާލައި، ލުބުނާނުން ފުރިހަމައަށް ފޭބުމަށްފަހު، ލުބުނާނުގެ ގައިދީން ދޫކޮށްލުމުގެ ކުރިން ހަތިޔާރު އުފެއްދުން މަދުކުރުމާ ބެހޭގޮތުން މަޝްވަރާކުރުމުގެ ދައުވަތުތައް ބަލައިނުގަތުމަށް ނިންމާފަ އެވެ.

އިޒްރޭލާއި ހިޒްބޮޅާ އާ ދެމެދު އެންމެ ފަހުން ހަނގުރާމަ ފެށުނީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން ދިން ހަމަލާތަކަށް ފަހު، ލުބުނާނުގެ ޖަމާއަތުން އިޒްރޭލުގެ ސަރަހައްދުތަކަށް ރޮކެޓު ހަމަލާ ދޭން ފެށުމުންނެވެ. ހިޒްބުﷲ އިން ބުނީ އެމީހުން މަސައްކަތްކުރީ ޣައްޒާގެ ރައްޔިތުންގެ ހިމާޔަތުގައި ކަމަށެވެ.