Advertisement

ފުލުހުން ބުނީ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ހުސްނީގެ ކޮއްކޮއެއްގެ ވަނަވަރު ވެބްސައިޓުން ނެގީ "ތަހުގީގު ބޭނުމަށް" ކަމަށް

24 ނޮވެންބަރު 2025 - 21:10 0


ފުލުހުން ބުނީ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ހުސްނީގެ ކޮއްކޮއެއްގެ ވަނަވަރު ވެބްސައިޓުން ނެގީ "ތަހުގީގު ބޭނުމަށް" ކަމަށް

24 ނޮވެންބަރު 2025 - 21:10 0

ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކުގެ ދެބެންގެ ދެދަރި ކޮއްކޮއަކު މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރުމުން އާންމުކުރި ވަނަވަރު ފުލުހުންގެ ސޯޝަލް މީޑިއާ އާއި ވެބްސައިޓުން "ގެއްލުވާލައިފި" އެވެ.

ހަސަން ނާހިލް، 18، ރޯޝަނީގެ/ނ. މަނަދޫގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރިކަން ފުލުހުން ހާމަކުރީ އިއްޔެ ހެނދުނު 11:40 ގަ އެވެ. އޭނާ ހައްޔަރުކުރީ ހުޅުމާލެއިން 31 ގްރާމުގެ މަސްތުވާތަކެއްޗާ އެކު އެވެ.

އޭނާގެ ވަނަވަރު ފުލުހުން ނެގީ ކީއްވެގެންތޯ ފުލުހުންގެ ކައިރީގައި އެހުމުން ބުނެފައިވަނީ "ަހުގީގުގެ ބޭނުމަށްޓަކައި ރިމޫވްކުރެވިފައި" ކަމަށެވެ.


އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްކަން ވެސް ކުރައްވާ ހުސްނީގެ ބައްޕަ އާއި ނާހިލްގެ މަންމައަކީ ދެބެންނެވެ.

މިއީ ފުލުހުން އާންމު ގޮތެއްގައި އަމަލުކުރާ އުސޫލެއް ނޫނެވެ. ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ވަނަވަރު ވެސް ފުލުހުން އާންމުކުރެ އެވެ. ވަރަށް ބޮޑެތި މައްސަލަތައް ފިޔަވައި އެހެން ހުރިހާ މައްސަލައެއްގައި އަމަލުކުރަނީ އެގޮތަށެވެ.