Advertisement

ކުޑަކުއްޖަކަށް ފުލުހަކު އަނިޔާކޮށް ބިރު ދެއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަނީ

23 ނޮވެންބަރު 2025 - 11:08 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފުލުހުންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ: ކުޑަކުއްޖަކަށް ފުލުހަކު ބިރުދައްކާ އަނިޔާކުރި މައްސަލައެއް ދަނީ ބަލަމުން -- ފޮޓޯ: އަދަދު ފައިލް


ކުޑަކުއްޖަކަށް ފުލުހަކު އަނިޔާކޮށް ބިރު ދެއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަނީ

23 ނޮވެންބަރު 2025 - 11:08 1

ކުޑަކުއްޖަކަށް ފުލުހަކު އަނިޔާކޮށް ބިރު ދެއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ކުޑަކުއްޖަކަށް ފުލުހަކު އަނިޔާކޮށް ބިރު ދެއްކި ކަމަށް ތުހުމަތު ކުރެވެނީ ސައުތު ސެންޓްރަލް ރީޖަންގައި ހިމެނޭ ރަށެއްގެ ފުޓްސަލް ދަނޑުގައި މިދިޔަ ހުކުރު ދުވަހު ކުޅެން އުޅުނު ކުދިންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ކަމަށެވެ.

ފުޓްސަލް ދަނޑުގައި ކުޅެން ތިބި ކުދިންތަކުގެ ތެރޭގައި އަނިޔާކޮށް ބިރުދެއްކި ކަމަށް ތުހުމަތު އަމާޒުވާ ފުލުސް މީހާގެ އާއިލާއަށް ނިސްބަތްވާ ކުއްޖަކު ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

"އެ ތަނުން ކުއްޖެއްގެ އާއިލީ މަސްލަހަތު އޮންނަ ފުލުހަކު، އެހެން ކުއްޖަކަށް ޖިސްމާނީ އަނިޔާ ވެދާނެ އަމަލެއްކޮށް ބިރު ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހުށަހެޅިފައިވޭ،" ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ޖިނާއީ ބައި ފުލުހުން ތަހުގީގު ކުރަމުންދާއިރު، ފުލުހެއްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކަށްވާތީ އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ވެސް ދަނީ ބަލަމުންނެވެ.

ޔުނިފޯމް އެޅި ފުލުހުން ޕްރޮފެޝަނަލިޒަމްގެ ބޭރުން ބައެއް ފަހަރު އެކި އަމަލުތައް ހިންގަ އެވެ. އެގޮތުން އޭގެތެރެއިން ބައެއް ފުލުހުންނަށް މީގެކުރިން ފިޔަވަޅުތައް ވެސް އަޅާފައި އެބަހުއްޓެވެ.