Advertisement

އެމްޑީޕީގެ މާލޭ މޭޔަރު ޕްރައިމަރީގައި ވާދަކުރަން އަލީ އާޒިމްގެ ކެމްޕެއިން ލޯންޗުކޮށްފި

21 ނޮވެންބަރު 2025 - 13:27 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އަލީ އަޒިމްގެ ކެމްޕެއިން ލޯންޗުކުރުން


އެމްޑީޕީގެ މާލޭ މޭޔަރު ޕްރައިމަރީގައި ވާދަކުރަން އަލީ އާޒިމްގެ ކެމްޕެއިން ލޯންޗުކޮށްފި

21 ނޮވެންބަރު 2025 - 13:27 1

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމުގެ އިންތިހާބުގައި ވާދަކުރަން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ކެމްޕެއިން ރޭ ލޯންޗުކޮށްފި އެވެ.

އާޒިމްގެ ކެމްޕެއިން ލޯންޗުކުރުމަށް އާޓިފިޝަލް ބީޗުގައި "ގަދަކޮށް" ނަމުގައި ބޭއްވި ޖަލްސާގައި އޭނާއަށް ތާއީދުކުރާ ގިނަ އަދަދެއްގެ މާލެއަށް ނިސްބަތްވާ މީހުން ވަނީ ބައިވެރިވެފަ އެވެ.

އެ ޖަލްސާގައި އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދީ އިގްތިސާދީ މިނިވަންކަން ހޯދައިދިނުމުގައި ދެމިހުންނާނެ ކަމަށެވެ. އޭގެއިތުރުން އޭނާ ވިދާޅުވީ މާލެ ސްމާޓް ސިޓީއަކަށް ބަދަލުކުރުމަޚީ ވެސް ތަސައްވުރެއް ކަމަށެވެ.

މެދުހެންވޭރު ދައިރާގެ މެންބަރުކަން ތިން ދައުރު ކުރެއްވި އާޒިމް ވިދާޅުވީ މޭޔަރުކަމުގެ އިންތިހާބު ކާމިޔާބުކުރަން އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި ރައްޔިތުންގެ ތާއީދާއެކު އިންތިހާބުގައި ވާދަކުރަން އެމްޑީޕީގެ ޓިކެޓު ފަސޭހަ ކަމާއެކު ކާމިޔާބުކުރާނެ ކަމަށެވެ.

"ﷲ އިރާދަފުޅާއެކު ތިބޭފުޅުންގެ ތާއީދާއި އަދި ތިބޭފުޅުންގެ އެއްބާރުލުމާ ކުރާ މަސައްކަތުން އަޅުގަނޑު މި އިންތިހާބު ފަސޭހަކަމާއެކު. ފަސޭހަކަމާއެކު ކާމިޔާބުކުރާނަން،" އާޒިމް ވިދާޅުވި އެވެ.

އަލީ އާޒިމް އަކީ 19 ވަނަ މަޖިލީހުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށް، ހޮވުނު މެންބަރެކެވެ. ނަމަވެސް އެމްޑީޕީގެ ތެރޭގައި އުފެދުނު ސިޔާސީ ކޯޅުމުގެ ތެރެއިން އޭނާ އޭރު ޕާޓީން ވަކިކުރި އެވެ.

އޭގެ ފަހުން އާޒިމް ފެނިގެން ދިޔައީ އޭނާ އާއެކު އެމްޑީޕީން 2023 ގައި ވަކިވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި ދަ ޑިމޮކްރެޓްސް އިންނެވެ. އެ ޕާޓީ ދޫކޮށް އަލުން އަނބުރާ އެމްޑީޕީއަށް އާޒިމް ސޮއިކުރެއްވީ ޖެނުއަރީ 11، ގަ އެވެ.

އަލީ އަޒިމްގެ އިތުރުން މާލޭ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާކަން މިހާތަނަށް އިއުލާން ކޮށްފައިވަނީ މިހާރު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި އާދަމް އާޒިމް އެވެ.