Advertisement

ހިޔަލަ ހޭންޑްބޯޅަ މުބާރާތް: ސިޓީ ސްޓާސް އާއި ސްކޯޕިއަންސް ފެށީ މޮޅަކުން

15 ނޮވެންބަރު 2025 - 13:49 0


ހިޔަލަ ހޭންޑްބޯޅަ މުބާރާތް: ސިޓީ ސްޓާސް އާއި ސްކޯޕިއަންސް ފެށީ މޮޅަކުން

15 ނޮވެންބަރު 2025 - 13:49 0

ތިނަދޫ ސިޓީގައި ކުރިއަށްދާ ހިޔަލަ ހޭންޑްބޯޅަ މުބާރާތުގައި ސްކޯޕިއަންސް އާއި ސިޓީ ސްޓާސް ކުޅުނު ފުރަތަމަ މެޗުތަކުން މޮޅުވެއްޖެ އެވެ.

ހަވަރު ސްޕޯޓްސް އާއި ތިނަދޫ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން ބާއްވާ މި މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ސްކޯޕިއަންސް އިން ކުޅުނު ފުރަތަމަ މެޗުން ރޭ ވަނީ ފަޔާ ސްޓޯމް އަތުން 29-22 އިން މޮޅުވެފަ އެވެ. ފޯރިގަދަކޮށް ދިޔަ މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ސްކޯޕިއަންސްގެ މުހައްމަދު ޔަޝްމު އަހުމަދު އެވެ.


މިރޭ ފިރިހެން ޑިވިޝަނުގައި ކުޅޭ މެޗުގައި ސްކޯޕިއަންސް އިން ކުޅޭނީ ވެމްކޯއާ ދެކޮޅަށެވެ. ވެމްކޯ އިން ވެސް ވަނީ ފުރަތަމަ މެޗުން މޮޅުވެފަ އެވެ. ފިރިހެން ޑިވިޝަނުގައި ތިން ޓީމު ވާދަކުރާއިރު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ބައްދަލުކުރާނެ އެވެ.

ޖުމްލަ އެކު، ފަސް ޓީމު ވާދަކުރާ އަންހެން ޑިވިޝަނުގައި ރޭ ކުޅެފައިވަނީ، ތިނަދޫ ހޮސްޕިޓަލް ރެކްރިއޭޝަން ކްލަބާއި ސިޓީ ސްޓާސް އެވެ. ރޭގެ މެޗުން ސިޓީ ސްޓާސް މޮޅުވެފައިވަނީ، ފަސޭހަކަމާ އެކު، 25-03 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސިޓީ ސްޓާސްގެ އައިޝަތު އާލާ އަލީ އެވެ.

އަންހެން ޑިވިޝަނުގައި މިރޭ ކުޅޭނީ ވެމްކޯ އާއި ކްލަބް ދަނޑެކޯޑިއަންސް އެވެ. ދަނޑެކޯޑިއަންސް ވަނީ ކުޅުނު ފުރަތަމަ މެޗުން ފިޓް ފެމިނިން އަތުން ބަލިވެފަ އެވެ.