Advertisement

ޕީއެންސީ ޖަލްސާއަށް ފުރުސަތު ދޭން ބީޗު ކައިރީ މަގުތަކެއް ބަންދުކުރަނީ

14 ނޮވެންބަރު 2025 - 15:19 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފުލުހުން މާލޭގެ މަގެއް ބަންދުކޮށްގެން: ޕީއެންސީ ޖަލްސާއަށް ފުރުސަތު ދޭން ހެންވޭރުގެ ބޮޑު ބައެއް ބަންދުކުރަން ވަނީ ނިންމާފަ ---- ފޮޓޯ: އަދަދު


ޕީއެންސީ ޖަލްސާއަށް ފުރުސަތު ދޭން ބީޗު ކައިރީ މަގުތަކެއް ބަންދުކުރަނީ

14 ނޮވެންބަރު 2025 - 15:19 0

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބާއްވާ އެއްވުމަށް ފުރުސަތު ދީ، އެއްވުމަށް ފަހިވާނެ ގޮތަށް ހެންވޭރު ކޮޅުގެ ބޮޑު ސަރަހައްދެއް ބަންދުކުރަން ފުލުހުން ނިންމައިފި އެވެ.

ފުލުހުން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި، މިރޭގެ ޖަލްސާ އާއި ގުޅިގެން ޓްރެފިކް ފްލޯއަށް ގެނެވޭ ބަދަލުތައް ވަނީ ހިއްސާކޮށްފަ އެވެ.

އެގޮތުން ޖަލްސާ ކުރިއަށްދާއިރު، ސަލްމާން މިސްކިތުން ފެށިގެން ޒިތޫނީ ކެފޭ އާއި ހަމައަށް ބޮޑުތަރުފާނު މަގަށް އެއްވެސް އުޅަނދަކަށް ނުވަދެވޭނެހެން ބަންދުކުރަން ފުލުހުން ވަނީ ނިންމާފަ އެވެ.

އަދި، ހެންވޭރު ޕެޓްރޯލް ސްޓޭޝަނުން ފެށިގެން ރާޅުގަނޑު ސަރަހައްދާއި ހަމައަށް އަދި މަޖީދީ މަގާއި ސޯސަން މަގު ބެދޭ ކަންމައްޗާއި ހަމައަށް ހިމެނޭ ސަރަހައްދުގެ މަގުތަކަށް ހަތަރުފުރޮޅުލީ އުޅަނދުތައް ވަނުން ފުލުހުން ވަނީ މަނާކޮށްފަ އެވެ.

ރާއްޖޭގެ ހުރިހާ ރަށަކުން ހެން މީހުން ގެނެސްގެން ޕީއެންސީން މިރޭ ޖަލްސާ ބާއްވަނީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށެވެ. ޖަލްސާގައި ބައިވެރިވުމަށް، އިއްޔެއިން ފަށައިގެން އެ ޕާޓީގެ ސަޕޯޓަރުންނާއި ސަރުކާރުގެ ވަޒީފާތަކުގައި ތިބި ގިނަ ބަޔަކު ދަނީ މާލެ އަންނަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި ޖަލްސާއަށް 50 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް މީދޫ ދާއިރާގެ މެންބަރު އަބްދުރަހްމާން ވަނީ ވިދާޅުވެފަ އެވެ.

އަބްދުއްރަހްމާން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީގެ ޖަލްސާގައި ބޮޑު މަންޒަރު ދެއްކުމަށް އަންލިމިޓެޑް ބަޖެޓެއް އޮތް ވާހަކައިގެ އިތުރުން 50 މިލިއަން ރުފިޔާ ހަރަދުވާ ވާހަކަ ވެސް އަޑުއިވިފައިވާ ކަމަށެވެ.

"ޖަލްސާއަށް ރާއްޖޭގެ ހުރިހާ ރަށަކުން މީހުން ގެނެސް ބޮޑުމަންޒަރު ދެއްކުމަށް 500ލައްކަ ރުފިޔާ ހަރަދު ހިނގާކަމަށް އަޅުގަނޑަށް މައުލޫމާތު ލިބުނު، އަދި މިކަމަށް އަންލިމިޓެޑް ބަޖެޓް އޮތްވާހަކަވެސް އިވުނު، ބޮޑުމަންޒަރު ދައްކަން ފޫނެތް ބަޖެޓު،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހްމާން ވިދާޅުވީ ޕީއެންސީގެ ޖަލްސާއަށް ގެންނަ މީހުންނަށް އެއާބަސް ޗާޓަރުކޮށް، ޓިކެޓްދީ، ކަނޑުތަރުކުރާ އެތަށް އުޅަނދެއް ކުއްޔަށް ނަގައި، ޕޮކެޓްމަނީ އާއި ކެއުމުގެ އިތުރުން އެކޮމޮޑޭޝަން ވެސް ހަމަޖައްސަމުންދާ ކަމަށެވެ.