Advertisement

މުއިއްޒުގެ ބޯހިޔާވެހިކަމުގެ ވައުދު ފުއްދުމަށް ބީއެމްއެލްއިން ރިއަލްއެސްޓޭޓް ވިޔަފާރިއަށް

13 ނޮވެންބަރު 2025 - 11:41 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

3،000 ހައުސިން ޔުނިޓް އަޅަން އެއްބަސްވުމެއްގައި ސޮއިކުރަނީ؛ މިއީ ބީއެމްއެލްއިން ސީދާ ރިއަލް އެސްޓޭޓަށް އިންވެސްޓުކުރާ ފުރަތަމަ ފަހަރު -- ފޮޓޯ: ބީއެމްއެލް


މުއިއްޒުގެ ބޯހިޔާވެހިކަމުގެ ވައުދު ފުއްދުމަށް ބީއެމްއެލްއިން ރިއަލްއެސްޓޭޓް ވިޔަފާރިއަށް

13 ނޮވެންބަރު 2025 - 11:41 0

މުހައްމަދު މުއިއްޒުގެ ބޯހިޔާވެހިކަމުގެ ވައުދު ފުއްދަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އުފެއްދި ސަބްސިޑަރީ ކުންފުނި، ބީއެމްއެލްގެ އެފޯޑަބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޓެޑުން ރިއަލްއެސްޓޭޓް ވިޔަފާރިއަށް ރަސްމީކޮށް ނިކުމެއްޖެ އެވެ.

ބީއެމްއެލްގައި މިއަދު ބޭއްވި ރަސްމިއްޔަތެއްގައި ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ނެޝަނަލް ހައުސިން ހައުސިން ސްކީމްގެ ދަށުން ލީޒް-ޓު-އޯން މޮޑެލްއަށް ނޫނީ ކުލި ދައްކައިގެން މިލްކުވެރިކަން ހޯދާ ގޮތަށް 3،000 ހައުސިން ޔުނިޓް އެޅުމަށް ބީއެމްއެލްގެ އެފޯޑަބަލް ހޯމް ލީޒިން ކުންފުންޏާ ހަވާލުކޮށްފަ އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރީ އެފޯޑަބަލް ހޯމް ލީޒިން ކުންފުނީގެ އެމްޑީ ހަސަން ޝާމެވެ.ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ މުއްތަލިބު އެވެ.

ރަސްމިއްޔާތުގައި މުއްތަލިބު ވިދާޅުވީ މަޝްރުއުގެ ދަށުން ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލެ ފޭސް 1 އަދި ފޭސް 3 ގައި 2،700 ހައުސިން ޔުނިޓް ބީއެމްއެލް އިން އަޅާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބީއެމްއެލް އިން އަޅާ ހައުސިން ޔުނިޓްތަކަކީ އަތްފޯރާފަށުގައި ދެވޭ ހައުސިން ޔުނިޓްތަކަށް ހެދުމަށް އެ ބެންކަށް ބިން ދޫކުރަނީ ހިލޭ ކަމަށެވެ. އެކަމަކު ސަރުކާރަށް ވިލިމާލެއިން ބީއެމްއެލްއަށް ހިލޭ ބިން ދެވުނަސް ހުޅުމާލެއިން ބިން ދެވޭނީ އެޗްޑީސީން ބިން ގަނެގެނެންވެެ.

"މި ޕްރޮޖެކްޓްގެ ތެރެއިން ވިލިމާލޭގައި 300 ހައުސިން ޔުނިޓް، ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 3 ގައި 2،700 ހައުސިން ޔުނިޓް އެޅިގެންދާނެ. އާދެ މި ތަންތަނަކީ އަތްފޯރާ ފަށުގައި ދެވޭނެ ތަންތަނަށް ހެދުމަށް ސަރުކާރުން ބޭންކަށް ބިން މި ދެނީ ބޭންކަށް އިތުރު އަގަކާ ނުލައި،" މުއްތަލިބު ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ ބީއެމްއެލް އިން އަޅާ 3،000 ހައުސިން ޔުނިޓަތައް ދެވޭނީ ސަރުކާރުން އިއުލާން ކުރާ ޕްރޮގްރާމަކަށް ކުރިމަތިލާ މީހުންނަށް ކަމަށާއި އޭގައި ވަކި އުސޫލުތަކެއް ކަނޑައަޅާފައި ހުންނާނެ ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް މުއްތަލިބު ނުދެއްވަ އެވެ.

"މި ޔުނިޓްތަކުގެ އަގު މިހާރު މި ދޫކުރާ ޔުނިޓްތަކުގެ އަގާއި އެއްވަރެއްގައި، ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިގެންދާނެ. އާދެ މި ޕްރޮޖެކްޓްގެ ތެރެއިން އިމާރާތް ކުރެވޭ ޕްރޮޖެކްޓްތައް ދެވޭނީ ސަރުކާރުން އިއުލާންކުރާ ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތަކަށް. އޭގެ ތެރޭގައި ބޭންކުން ކަނޑައަޅާ އުސޫލުގެ ތެރެއަށް ފެއްތެން ވެސް ޖެހޭނެ،" މުއްތަލިބު ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ބީއެމްއެލްއިން ހައުސިން މަޝްރޫއު ހިންގަން ސަބްސިޑަރީ ކުންފުންނެއް އުފެއްދީ ހައުސިން ޔުނިޓްތައް ތަރައްގީކުރުމަށްފަހު އެ ޔުނިޓްތައް ލީޒްޑް އޯންޑް މޮޑެލްއަކަށް ކުއްޔަށް ދިނުން ކަމަށާއި ކުލީގެ މުއްދަތު ހަމަވުމުން އެ ޔުނިޓެއް އެ ފަރާތަކަށް އަމިއްލަ ކުރެވޭނެ ކަމަށެވެ.

"މިއީ ލޯނެއް ނޫން. ލީޒްޑް އޯންޑް މޮޑެލްއެއްގައި ކުއްޔަށް މި ނަގަނީ. އެއަކަށް އިކުއިޓީއެއް ބޭނުމެއް ނުވޭ ދެއްތޯ. އިނީޝަލް އިންވެސްތްމަންޓެއް ބެނުމެއް ނުވޭ. ހަމަ ވަގުތުން ޝަރުތު ހަމަވާ ބަޔަކަށް މިއަށް ވަދެގެން މިދަނީ. ހޯމް އޯންޑް މޮޑެލްއަކަށް،" އެނާ ވިދާޅުވި އެވެ.

މިދިޔަ މަހު 5، ގައި ކެބިނެޓުން އެކުލަވާލި ނެޝަނަލް ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސަބިލިޓީ ޕްރޮޖެކްޓްގެ ނަމުގައި އެކުލަވާލި ބޯހިޔާވެހިކަމުގެ ސިޔާސަތެއް ވަނި ގާއިމުކޮށްފަ އެވެ. އެ ސިޔާސަތުގެ ދަށުން މަލީ އިދާރަތަކާ ގުޅިގެން ލީޒްޑް އޯންޑް މޮޑެލްގެ ދަށުން އާންމުންނަށް ހައުސިން ޔުނިޓް ދޫކުރަން ޕްރޮޖެކްޓްތަކެއް ހިންގަން ވަނީ ނިންމާފަ އެވެ.

މި ސްކީމްގެ ދަށުން އެމްއެމްއޭ އިން ކަނޑައަޅާ ގޮތެއްގެ މަތިން ކޮންމެ ބޭންކަކުން ވެސް އެ ބޭންކެއްގެ ވެސް ޖުމްލަ ލޯނު ޕޯޓްފޯލިއޯގެ ދަށުން 10 ޕަސަންޓާއި 15 ޕަސަންޓާ ދެމެދު އަދަދެއް ސްކީމަށް ފައިނޭންސް ދޫކުރަން ޖެހެ އެވެ.

އެކަމާ ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ އިންކްލޫސިވް ނެޝަނަލް ހައުސިން އެފޯޑަބަލް ހައުސިން ސްކީމާ ބެހޭ ގަވާއިދެއް އެކުލަވާލާފަ އެވެ.

ޝަރީފް ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ބޭންކްތަކުން ދޫކޮށްފައިވާ ލޯނުގެ 52 ޕަސަންޓް ހިއްސަވާ ބީއެމްއެލް އިން އެކަމަށް އިސްނަގައިގެން މަސައްކަތްތަކެއް ކުރަން ޖެހޭތީ، ބީއެމްއެލްއިން އެފޯޑަބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސަބްސިޑަރި ކުންފުންޏެއް އުފެއްދީ ކަމަށެވެ.