Advertisement

ޓެގު އަޅުވާފައި މިހާރު ތިބީ ހަތް މީހުން، ތިން މީހެއްގެ ޓެގު ނައްޓައިފި

10 ނޮވެންބަރު 2025 - 11:49 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އާޓްވޯކް: އިސްމާއިލް އިމްދާދު


ޓެގު އަޅުވާފައި މިހާރު ތިބީ ހަތް މީހުން، ތިން މީހެއްގެ ޓެގު ނައްޓައިފި

10 ނޮވެންބަރު 2025 - 11:49 0

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން ޓެގު އަޅުވައި މޮނިޓާކުރާ ގޮތަށް ދޫކުރި 10 މީހުންގެ ތެރެއިން ތިން މީހެއްގެ ޓެގު ނައްޓައި ބަންދުން ދޫކޮށްލައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) ގެ ތަރުޖަމާނު ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު އަދަދު އަށް ވިދާޅުވީ ޓެގު އަޅުވައި ދޫކުރި 10 މީހުންގެ ތެރެއިން ޓެގު ނައްޓައި ތިން މީހަކު ދޫކޮށްލީ އެކި ސަބަބުތަކާ ގުޅިގެން ކަމަށެވެ.

ޓެގު އެޅުވި ތިން މީހުން ދޫކޮށްލީ އެ މީހުން ހިމެނޭ މައްސަލަތަކުގެ ހެކި ބަސް ނަގައި ނިމުމުންނާއި ހުކުމާ ހަމައަށް ދިޔުމުގެ އިތުރުން ހުކުމް ހުކުރުމުން ކަމަށް އޭނާ ވިދާޅޫވި އެވެ.

"ޓެގު އުސޫލުގެ ދަށުން މިވަގުތު ތިބީ ޓޯޓަލް ހަތް މީހުން. ބާކީ ތިބި މީހުންގެ ކޭސެސްގައި ހުކުމާ ހަމައަށް ގޮސްގެންނާއި އެކި ސަބަބުތަކާ ހުރެ ބަންދުން ވަނީ މިނިވަންވެފައި،" ޝަފީއު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ ޓެގު އަޅުވާފައި ދޫކޮށްލި މީހުންގެ ތެރެއިން އެއްވެސް މީހަކަށް މައްސަލައެއް ދިމާވެގެން މިހާތަނަށް ބަންދުކުރަން ޖެހިފައި ނުވާ ކަމަށެވެ.

ޕީޖީން ބުނީ ލުޔަށް އެދި ހުށަހަޅާ ފަރާތްތަކުގެ އެސެސްމަންޓުތައް ލިބޭ ވަރަކުން ލުއިދިނުމަށް ކޯޓަށް ހުށަހެޅެމުންދާނެ ކަމަށާއި ލުއި ދޭނީ ގިނަ ވެގެން 100 ދުވަހަށް ކަނޑައަޅާ ޝަރުތެއްގެ ގޮތުގަ އެވެ. އެގޮތުން ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުތުތައް މުރާޖައާ ކުރުމަށް ކޮންމެ 100 ދުވަހަކުން ކޯޓަށް ހުށަހަޅާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

މީގެ އިތުރުން ޕީޖީން ބުނީ ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުތަކާ މިއިން މީހަކު ހިލާފު ވެއްޖެ ހާލަތެއްގައި، ވަގުތުން އެ މީހަކު އަލުން ބަންދުކުރުމަށް ކޯޓުގައި އެދޭނެ ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ޓެގު އަޅުވާފައި ދޫނުކުރެ އެވެ.