Advertisement

މުއިއްޒުގެ ދަތުރުގައި އައްޑު އާއި ފުވައްމުލަކުގައި ހުޅުވި އޭޓީއެމްތަކުގެ ހިދުމަތް ގަވާއިދުން ނުލިބޭ ކަމުގެ ޝަކުވާ

9 ނޮވެންބަރު 2025 - 14:41 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު ފުވައްމުލަކުގައި އަލަށް ބެހެއްޓި ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ހުޅުވައިދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް


މުއިއްޒުގެ ދަތުރުގައި އައްޑު އާއި ފުވައްމުލަކުގައި ހުޅުވި އޭޓީއެމްތަކުގެ ހިދުމަތް ގަވާއިދުން ނުލިބޭ ކަމުގެ ޝަކުވާ

9 ނޮވެންބަރު 2025 - 14:41 2

ރައީސް މުހައްމަދު މުއިއްޒު އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުގެ ތެރެއިން ހުޅުވި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ތަކުން ގަވާއިދުން ހިދުމަތް ނުލިބޭ ކަމުގެ ޝަކުވާ އެ ސިޓީތަކުގެ ރައްޔިތުން ކުރަން ފަށައިފި އެވެ.

މުއިއްޒުގެ ދަތުރުގެ ތެރެއިން ފުވައްމުލަކުގައި ބީއެމްއެލް ގެ ޑޮލަރު އޭޓީއެމް އެއް ހުޅުވީ ނޮވެމްބަރު 4، ގަ އެވެ. އައްޑޫ ސިޓީގެ މަރަދޫ ފޭދޫގައި ޑޮލަރު އޭޓީއެމް އެއް ހުޅުވީ ޖެހިގެން އައި ދުވަހު އެވެ. އޭޓީއެމްތައް ހުޅުވުމަށް އެ ދެ ދުވަހު ސަރުކާރާއި ބީއެމްއެލްގެ ވެރިންނާ އެކު ހަފުލާތަކެއް ވެސް ބޭއްވި އެވެ.

ނަމަވެސް، އޭގެ ފަހުން އެ ދެ އޭޓީއެމް އިން ހިދުމަތް ނުލިބިގެން އާންމުން ވަނީ ސޯޝަލް މީޑިއާގައި ޝަކުވާ ކޮށްފަ އެވެ. ބައެއް މީހުން ބުނި ގޮތުގައި މުއިއްޒު ރަށުން ފޭބުމާއެކު އޭޓީއެމް އިން ހިދުމަތް ލިބޭގޮތް ވަނީ ނުވެފަ އެވެ.

ފުވައްމުލަކު ޑޮލަރު އޭޓީއެމް އިން ހިދުމަތް ނުލިބިގެން މީހަކު، އޭޓީއެމް ހުޅުވި ދުވަހާއި ޖެހިގެން އައި ދުވަހު ޕޯސްޓުކޮށްފައިވެ އެވެ. އައްޑޫ އޭޓީއެމް އިން ހިދުމަތް ނުލިބޭ ކަމަށް ބުނެ ރޭގެ ވަގުތެއްގައި މީހަކު ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައިވެ އެވެ.

މީގެ އިތުރުން ވެސް، މުއިއްޒުގެ ދަތުރުތަކުގައި އެކި ރަށްރަށުގައި ހުޅުވާ އޭޓީއެމް ތަކުން އެކަށީގެންވާ ގޮތެއްގައި ހިދުމަތް ނުލިބޭ ކަމަށް ޝަކުވާ އާއި މަލާމާތުގެ ޕޯސްޓުތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މުއިއްޒު އަތޮޅު ތެރެއަށް ކުރައްވާ ދަތުރުތަކުގެ ތެރެއިން ކުރައްވާ މައިގަނޑު ކަމަކީ ގިނަ ރަށްރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ހުޅުވަން ރިބަން ކެނޑުން ކަމަށް ބުނެ ކުރިމަތިވަމުންދާ ފާޑުކިޔުންތަކަށް އެމަނިކުފާނު ވަނީ ރައްދު ދެއްވާފަ އެވެ.

އޮގަސްޓު މަހު ހދ. އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިން ނެއްލައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އޭޓީއެމް ބެހެއްޓުމަކީ އާދައިގެ ކުޑަ ކަމެއް ނޫން ކަމަށެވެ.