8 ނޮވެންބަރު 2025 - 06:03 0
206 ކުންފުންޏާ މަޝްރޫއުތައް ހަވާލުކުރަން ބުރާސްފަތި ދުވަހު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
8 ނޮވެންބަރު 2025 - 06:03 0
ބީލަމަށް ނުލައި ބަހާލި 206 ޕްރޮޖެކްޓުން، އެއް ބައެއްގެ ހިއްސާ އޮންނަ ތިން ކުންފުންޏަކަށް 247.9 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު ހަވާލުކޮށްފައިވާކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އެއީ އެވޯކާ ޕްރައިވެޓް ލިމިޓެޑާއި، ފްލެކްސްއިންކް ޕްރައިވެޓް ލިމިޓެޑާއި ސޮލޮކްސް ޕްރައިވެޓް ލިމިޓެޑެވެ. މި ތިން ކުންފުނީގައި ހިއްސާދާރުންނަކީ އަބްދުލް މުހްސިން އަބްދުލް ކަރީމް އާއި ނަޖާހު ޝަރީފު އެވެ.
މި ކުންފުނިތަކުގެ ތެރެއިން ފްލެކްސިންކްއާ ހަ ޕްރޮޖެކްޓެއް 171.3 މިލިއަން ރުފިޔާ އަށް ހަވާލުކުރި އެވެ. އެއީ،
ސޮލެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ޕްރޮޖެކްޓުތަކުގެ އަގު 55 މިލިއަން ރުފިޔާ އަށް އަރަ އެވެ. އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ ތައުލީމީ ދާއިރާގެ ފަސް ޕްރޮޖެކްޓެކެވެ. އެއީ،
އެވޯކާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ދެ ޕްރޮޖެކްޓުގެ އަގަކީ 21.6 މިލިއަން ރުފިޔާ އެވެ. އެއީ ލ. އިސްދޫ ސްކޫލްގައި 5 ކްލާސްރޫމާއި 6 ފާހާނަ ހެދުމަށް 6.6 މިލިއަން ރުފިޔާ އަދި 10 ރަށެއްގެ ސްކޫލްގެ ކުޅޭ ސަރަހައްދުގައި ޓާފް އެޅުމަށް 15 މިލިއަން ރުފިޔާ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment