Advertisement

ލޮލުގެ އުނދަގޫ ސާޖަރީއެއް ރާއްޖޭގައި އަލަށް އައިކެއާއިން ކާމިޔާބުކަމާއެކު ކޮށްފި

7 ނޮވެންބަރު 2025 - 15:32 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އައިކެއާ ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ވިޓްރިއޯ-ރެޓިނަލް ސާޖަން އާއި އޭނާގެ ޓީމު: ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮމްބައިންޑް ބެލްޓް ބަކަލް އަދި ޕާސް ޕްލާނާ ވިޓްރެކްޓަމީ ސާޖަރީ ވަނީ ކޮށްފައި -- ފޮޓޯ: އައިކެއާ


ލޮލުގެ އުނދަގޫ ސާޖަރީއެއް ރާއްޖޭގައި އަލަށް އައިކެއާއިން ކާމިޔާބުކަމާއެކު ކޮށްފި

7 ނޮވެންބަރު 2025 - 15:32 1

މީހެއްގެ ލޮލަށް ކައިރި ފެނުމުގައި ހުރި އުނދަގޫ ހައްލުކުރުމަށްޓަކައި ހާއްސަ ސާޖަރީއެއް އައިކެއާއިން ކާމިޔާބު ކަމާއެކު ކޮށްފި އެވެ.

އައިކެއާ ހޮސްޕިޓަލުން ބުނި ގޮތުގައި ލޯ އޮޕަރޭޝަން ކުރީ ކައިރި ފެނުމުގެ 51 އަހަރުގެ މީހަކެއްގެ ރެޓިނާ ޑިޓެޗްމަންޓްގެ ބޮޑު މައްސަލައެއް ހައްލުކުރުމަށެވެ. އެ ސާޖަރީއަށް ކިޔާ ފަންނީ ނަމަކީ "ކޮމްބައިންޑް ސްކްލެރަލް ބަކަލް އާއި ޕާސް ޕްލޭނާ ވިޓްރެކްޓޮމީ" އެވެ.

މިއީ މަދުން ނޫނީ ކުރަން ނުޖެހޭ، ހާއްސަ ހުނަރާއި ސާމާނު ބޭނުންވާ ސާޖަރީއެކެވެ. މި ސާޖަރީގައި ރެޓިނާގެ ސީރިއަސް މައްސަލަތައް ހައްލުކުރުމަށް ޒަމާނީ ދެ ގޮތެއް އެއްކޮށްލާފައި ވާއިރު، ރައްކާތެރިކަމާއެކު އެކަން ކުރުމަށް ބޭނުންވާ ތަމްރީނު ލިބިފައިވަނީ ވެސް މަދު ޑޮކްޓަރުންނަށެވެ.

މިއީ ރާއްޖޭގައި ކާމިޔާބު ކަމާއެކު ކުރި މިފަދަ ފުރަތަމަ ސާޖަރީ ކަމަށް އައިކެއާ ހޮސްޕިޓަލުން ބުނެ އެވެ. މި ސާރަޖީ ކުރީ އައިކެއާގެ ކޮންސަލްޓަންޓް ވިޓްރިއޯ-ރެޓިނަލް ސާޖަން، ޑރ. އަމޯގް އަސްގަވޮންކާ އަދި އޭނާގެ ހާއްސަ ޓީމުންނެވެ.

"މިއީ ރާއްޖޭގައި މިބާވަތުގެ ސާޖަރީއެއް ކާމިޔާބުކަމާއެކު ކުރެވުނު ފުރަތަމަ ފަހަރު. އެހެންވެ، މިއީ ހޮސްޕިޓަލަށް ވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް،" އައިކެއާއިން ބުންނެވެ.

"މިއީ ލޮލުގެ ފަރުވާގެ ދާއިރާއިން ރާއްޖެ އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް."

އައިކެއާއިން ބުނީ ދިވެހި ބަލިމީހުންނަށް މިހާރު ރާއްޖެއިން ބޭރަށް ދަތުރުކުރުނުކޮށް ރާއްޖޭގައި ތިބެގެން ޒަމާނީ ރެޓިނާ ސާޖަރީތަކުގެ ފަރުވާ ލިބޭނެ ކަމަށެވެ.

ދެހާސް ތިން ވަނަ އަހަރު އައިކެއާގެ ހިދުމަތް ފެށީ ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ އަގުހެޔޮކޮށް ލިބޭނެ މަގު ފަހިކޮށް ދިނުމުގެ މަގުސަދުގަ އެވެ. ފާއިތުވި 22 އަހަރު ތެރޭގައި އެ ހިދުމަތް ފުޅާކޮށް، އެންމެ ފަހުން އައިކެއާ ހޮސްޕިޓަލު އުފައްދައި، ޒަމާނީ ވަސީލަތްތަކާއެކު އެތަނުން ލޮލުގެ ގިނަ ފަރުވާތަކެއް ދެ އެވެ.