Advertisement

ވިލާ އާއި އިޒްރޭލުގެ މެކަބީ ޓެލް އަވީވްގެ މެޗަށް 700 އަށް ވުރެ ގިނަ ޕޮލިހުން

4 ނޮވެންބަރު 2025 - 10:18 0

ޔޫރޮޕާ ލީގުގެ މެޗެއްގެ ތެރެއިން މެކަބީ ޓެލް އަވީވްގެ ސަޕޯޓަރުން އަލިފާން ބޯޅަހިފައިގެން


ވިލާ އާއި އިޒްރޭލުގެ މެކަބީ ޓެލް އަވީވްގެ މެޗަށް 700 އަށް ވުރެ ގިނަ ޕޮލިހުން

4 ނޮވެންބަރު 2025 - 10:18 0

ބާމިންހަމް (ނޮވެމްބަރު 4) - ޔޫރޮޕާ ލީގުގައި ބުރާސްފަތި ދުވަހު އިނގިރޭސި ކްލަބް، އެސްޓަން ވިލާ ދަނޑުގައި އިޒްރޭލުގެ މެކަބީ ޓެލް އަވީވުން ކުޅޭ މެޗަށް 700 އަށް ވުރެން ގިނަ ފުލުހުން ހަރަކާތްތެރިވާން ތައްޔާރުވެއްޖެ އެވެ.

އިޒްރޭލުން ފަލަސްތީނަށް އަރައި ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ޔޫރަޕްގައި، އިޒްރޭލާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތަކާއި ބާއްވަމުން އަންނަ އެއްވުންތައް އަންނަނީ އިތުރުވަމުންނެވެ. އަދި، މި ކަމުގެ އަސަރު އިޒްރޭލް ގައުމީ ޓީމާއި އެ ގައުމުގެ ކްލަބްތަކުން ކުޅެމުން އަންނަ މެޗުތަކަށް ވެސް ވަނީ ފޯރައިފަ އެވެ. އެހެންވެ، އެސްޓަން ވިލާ ދަނޑުގައި އިޒްރޭލުގެ މެކަބީ ޓެލް އަވީވުން ކުޅޭ މެޗު ބަލަން ދަނޑަށް އެ ކްލަބްގެ ސަޕޯޓަރުން ވެއްދޭނެ މާހައުލެއް ނެތް ކަމަށް ވެސް އޮތީ ކަނޑައަޅައިފަ އެވެ.

ވެސްޓް މިޑްލެންޑް ޕޮލިހުން ބުނެފައިވަނީ، ފަލަސްތީނަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ ބަޔަކު މި މެޗު ކުޅޭއިރު ގިނަ ކަންތައްތަކެއް ކުރަން ރާވާފައިވާތީވެ، ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން އެ އަދަދު 700 އަށް ވުރެން އިތުރުވާނެ އެވެ.

އަޔަކްސް ދަނޑުގައި މިދިޔަ އަހަރުގެ ޔޫރޮޕާ ލީގުގައި މެކަބީ ޓެލް އަވީވް އާއި އަޔަކްސް ކުޅުނު މެޗުގެ ތެރެއިން ގިނަ ހަމަނުޖެހުންތަކެއް ހިނގާފައިވާކަން، އެސްޓަން ވިލާ ސަރަހައްދުގެ ވެސްޓް މިޑްލަންޑް ޕޮލިހުން ވަނީ ފާހަގަކޮށްފަ އެވެ.

ދާދި ފަހުން، ވޯލްޑް ކަޕް ކޮލިފައިންގައި އިޒްރޭލްގެ ގައުމީ ޓީމުން އިޓަލީގައި ކުޅުނު މެޗު ވެސް ކުރިއަށްގެންދަން ޖެހުނީ ވަރަށް ސެކިއުރިޓީ ވަރުގަދަކޮށް އޮތް މާހައުލެއްގަ އެވެ.